ތަޖުރިބާގެ 7 ދުވަހަށް ފަހު، ލ.އަތޮޅުގައި ދެމުންގެންދާ އާރުޓީއެލް ޚިދުމަތުން މާދަމާއިން ފެށިގެން އަގުނަގައިގެން ޚިދުމަތްދިނުމަށް ތައްޔާރު ވެއްޖެއެވެ.
އެހެން އަތޮޅުތަކެކޭވެސް އެއްގޮތަށް، ލ.އަތޮޅުގައިވެސް އާރްޓީއެލް ދަތުރުގެ ފުރަތަމަ ހަފްތާ ކުރިއަށްގެންދިޔައީ އެއްވެސް އަގަކާ ނުލައި، ތަޖުރިބާ ދަތުރު ހަފްތާއެއްގެ ގޮތުގައެވެ. މިއީ ރޫޓުތައް ތަޖުރިބާކުރުމާއި ޚިދުމަތް ހޯދުމުގައި އާއްމުންގެ ޚިޔާލު ހޯދައި، ބަދަލެއް ގެންނަން ފެންނަ ނަމަ އެކަމަށް މަގުފަހިކުރުމަށް ކުރިއަށްގެންދާ މަރުހަލާއެކެވެ.
ލ.އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ދޭންފެށީ މިހިނގާ އެޕްރީލްމަހުގެ 1 ވަނަދުވަހުއެވެ. އެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި، ސަރުކާރުގެ އަމާޒަކީ، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއް އާރުޓީއެލްގެ ޚިދުމަތުން ގުޅާލުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ. މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ.އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ.
ލ.އަތޮޅު އާރުޓީއެލް ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގަން ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ