އެމްބިއުލަންސެއް ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށް ދެކޭ ސިޔާސަތު ބަދަލުކުރަން ވެއްޖެ!

އެމްބިއުލަންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން 56 ރަށަކަށް އެމްބިއުލަންސް ހަވާލުކުރަން ސަރުކާރުން މިފަހުން ވަނީ ނިންމާފަ އެވެ. އެ ރަށްތަކުގެ ތެރެއިން ސިއްހީ ނިޒާމް މިހާރު ވެސް "ވަރަށް ދަށް" ހއ. ހޯރަފުއްޓަށް ވެސް އެމްބިއުލަންސް އެއް ދިނުމަށް ސަރުކާރުން ވަނީ އެއްބަސް ވެފަ އެވެ. ހޯރަފުށީ ސިއްހީ މަރުކަޒަށް އެންބިއުލަންސް ލިބޭތީ އެކަމާއި އުފާކޮށް އެ މަރުކަޒުން ކުރި ޕޯސްޓަކަށް ރައްދުދީ އެ ރަށު ޒުވާނަކު ކުރި ޕޯސްޓެއްގައި ބުނީ އެމްބިއުލާންސެއް ލިބުމަކީ "ބޮޑު ކުރިއެރުމެއް" ކަމަށް ދެކޭ ސިޔާސަތު ބަދަލުކުރަން ވެއްޖެ ކަމަށެވެ. "އެމްބިއުލާންސަކީ އަސާސީ ހިދުމަތެކެވެ. އެއީ އިއްޒަތްތެރި ރައީސަށާއި ވަޒީރަށް ޝުކުރު ސަޖިދަ ޖަހަންޖެހޭ ވަރުގެ "ހަދިޔާއެއް" ނޫނެވެ. އެ ޒުވާނާގެ ޕޯސްތުގައި ލިޔެފައިވެ އެވެ.ތެދެކެވެ. 2026 ވަނަ އަހަރުގައި އަޅުގަނޑުމެން އުޅޭ އިރު ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ ރަށެއްގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ދޭން ސަރުކާރުން ހިންގާ ތަންނުގައި "އެންބިއުލާން" ހުރުމަކީ އަސާސީ އުންސުރެކެވެ. އެއީ ދެން ބަޔަކު އާ ކަމަކަށް ވެގެން އުޅޭ ވަރަށް ވުރެ އާންމު ކަމެކެވެ. ރައީސުލްޖުމްހޫރީއްޔާ އާއި މަޖިލިސް މެންބަރު ނެތި ވެސް މިޒަމާނުގައި އެންބިއުލާންސްއެއް ލިބިދާނެ އެވެ. އަދި އެއީ ސަރުކާރުން ނުބައްސާ ބައެއް ރަށްރަށަށް އަމިއްލަ ކުންފުނިތަކުން ވެސް ހަދިޔާ ކޮށް އުޅޭ ތަކެއްޖެވެ. ދޭ ދޭ ގައުމުތަކުން ވެސް ހަދީޔާއަށް އެންބިއުލާންސްދީ އުޅެ އެވެ.މިކަމުގައި އެންމެ ހާއްސަ ކޮށް ފާހަގަ ކުރަން ޖެހެނީ އެންބިއުލާންސް އޮތް ހަސްފަތާލުން ދެވޭ ހިދުމަތެވެ. އެންބިއުލާންގާ ބާރަށް ދުއްވާފަ ގޮސް ވަންނަ ސިއްހީ މަރުކަޒުގައި ޒަމާނާއި ގުޅޭ އަދި ރައްޔިތުން އެދޭ ސިއްހީ ފަރުވާ ދެވެން ނެތް ނަމަ އެންބިއުލާންސްގެ ބޭނުމެއް އެބައޮތް ހެއްޔެވެ.؟ މިފަހުން ހޯރަފުށީ ހެލްތު ސެންޓަރުން ތުއްތު ކުއްޖަކަށް "އޮޅިގެން" ނުބައި ވެކްސިނެއް ދިން މައްސަލައެއް ވެސް ވަނީ ފެންމަތި ވެފަ އެވެ. އަދި ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ފަރުވާ ދިނުމުގައި އިހުމާލުވި މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފަ އެވެ.މީގެ އިތުރުން ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ހޯރަފުށީގެ ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.ސުވާލަކީ ރައީސް މުއިއްޒު ވެރިކަމުގައި ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭވަރު ވާނެ ބާ އެވެ؟!؟!؟!؟ މި ސުވާލު ކުރާއިރު ވެސް ރައްޔިތުންނަށް ސާފުވާ އެއްކަމެއް އެބަ އޮތެވެ. އެއީ އިންތިހާބުގެ މޫސުންތަކުގައި އޮއްސާލާ ސަރުކާރުގެ ވައުދުތަކާއި "ހަދިޔާ" އަށް ރައްޔިތުން މިހާރު ފަރިތަ އެވެ. އަދި އެއް ވާހަކަ އެވެ. ދޫންޏެއް ނެތް ތަނެއްގައި ކާޅެއް ވެސް ވާނީ ދޫންޏަކަށެވެ. ހޯރަފުށީ މަރުކަޒަށް ވީ މިހެންނެވެ. ހިދުމަތުގެ ފެންވަރު ދަށްވެ ރައްޔިތުންގެ ޝަކުވާ ގިނަވެފައިވާ ވަގުތެއްގައި މިވަރުވެސް މީ ދެން "ބޮޑު" ވަރެކެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވާ ފަދައިން އޮތީ ލިބުނު މިންވަރަށް ޝުކުރު ކުރުމެވެ.ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. އަދި ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރުވާން ދާއިރު ވެސް ހޯރަފުށީގެ ސިއްހީ ނިޒާމް އޮތީ ރައްޔިތުން "އިތުބާރު" ނުކުރާ ހިސާބެއްގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ