ކަރަންޓު ބިލު ތައްޔާރުކޮށްފައި ވަނީ އުސޫލާ އެއްގޮތަށް: ފެނަކަ

ނިމިދިޔަ މާރިޗު މަހުގެ ކަރަންޓު ބިލުތައް ތައްޔާރުކޮށްފައި ވަނީ ކަނޑައެޅިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ މާރިޗު މަހުގެ ރީޑިންގ ނެގުމުގައްޔާއި ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައި ވަނީ އެހެން މަސްމަހުގައިވެސް އަމަލުކުރާ އާންމު އުސޫލުން ކަމަށެވެ. އަދި އެއީ ގާނޫނާއި ގަވައިދުތަކުން ކަނޑައެޅި، އާންމުކުރެވިފައިވާ އުސޫލެއްކަން އެ ކުންފުނިން ފާހަގަކުރެ އެވެ.
މި އުސޫލާ ހިލާފަށް، މި ކުންފުނިން ހިދުމަތްދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަން.“ ފެނަކައިގެ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވޭނަމަ، ރީޑިންގ އިތުރަށް ޗެކް ކުރުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ފެނަކައިން ބުނެއެ ވެ.
ފެނަކައިން އިތުރަށް ފާހަގަކުރި ގޮތުގައި، ކޮންމެ އަހަރެއްގެވެސް މާރިޗު، އޭޕްރީލް އަދި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރެކެވެ. އެހެންކަމުން، މި ދުވަސްވަރު ކަރަންޓު ބޭނުންކުރުމުގައި އިތުރަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ