ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި ބޮޑު މިސްކިތުގެ ފޮޓޯތައް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށްފަ އެވެ. ހިތްގައިމު އެ މިސްކިތަށް ގިނަ ބައެއްގެ ލޯ ހުއްޓުނެވެ.
މަސްޖިދުލް އީމާންގެ ނަން ދީފައިވާ މި މިސްކިތް ރަސްމީކޮށް ހުޅުވާނީ، އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށެވެ.
މިނިސްޓްރީން އާއްމުކުރި ފޮޓޯތަކަށް ބަލާއިރު ރަން ކުލައިގެ ވިދުންތަކާއި ކެނޑުންތަކުން ޖަރީކޮށްފައިވާ މިސްކިތް ވަރަށް ފުރިހަމަ އެވެ.
ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ނިމޭ ކޮޅުގައި މި މިސްކިތް އިމާރާތްކުރި ފަރާތުގެ ނަން ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ތިން ބުރީގެ މި މިސްކިތް އެޅީ މާލޭގެ މަޝްހޫރު އާއިލާއަކުންނެވެ. މިއީ 1،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތުގައި ފުރަތަމަ އިމާމްވެ ހުކުރުކުރަން ހަމަޖެހިފައިވަނީ ޒުވާން ހަތީބު އަދި ހާފިޒް، އުވައިސް ބިން އިނާޒެވެ.
ހުޅުމާލޭ 2ގައި މިހާރު ގިނައީ ވަގުތީ މިސްކިތްތަކެވެ. އެހެންވެ، އެ ސަރަހައްދުގައި ދާއިމީ މިސްކިތްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުރިއަށް އޮތް ރޯދަމަހު އިތުރު މިސްކިތެއް ހުޅުވުން އެކަށީގެންވެ އެވެ.
ހުޅުމާލޭ ފޭސް-2ގެ އާ މިސްކިތް: ޖާގަ ބޮޑުވެފައި ހިތްގައިމު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ