ޕާސްތާ އަކީ ވަރަށް ގިނަ މީހުންނަށް މީރު އެއްޗެކެވެ. ޚާއްސަކޮށް ޗީޒް އަޅައިގެން ހަދާ ޕާސްތާ އަކީ އެ ފެނުނަސް ދަހިވާ މީރު އެއްޗެކެވެ. އެހެންކަމުން މިއަދު މި ގެނެސްދެނީ އެކަހަލަ މީރު ބޭކެޑް ޕާސްތާއެއްގެ ރެސިޕީއެވެ.
1 ޕެކެޓު ޕެނޭ ޕާސްތާ
1 މޭޒުމަތީ ސަމުސާ ފުށް
1 ޖޯޑު ފުލް ކްރީމް ކިރު
1/2 ޖޯޑު މޮޒެރެއްލާ ޗީޒް (ގާނާފައި)
1 ދަޅު ނެސްލޭ ކްރީމް
1 ބޮނޑި ލޮނުމެދު (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ އަސޭމިރުން
250 ގްރާމް ކުކުޅު
10 ސޮސެޖު (ކޮށާފައި)
1 ދަޅު ޕީލްޑް ޓޮމާޓޯ
3 މޭޒުމަތި ސަމުސާ ބަޓަރު
ކުޑަ ތެޔޮ ފޮދެއް
ލޮނު ކޮޅެއް
1 މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް (ބޭނުން ނަމަ މަދު ނުވަތަ އިތުރުވެސް ކުރެވިދާނެ)
1 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ
ފެން (ޕާސްތާ ކައްކަން)
1 ސައި ސަމުސާ ގާލިކް ޕޭސްޓް (ކުކުޅަށް)
1/2 ބެލް ޕެޕަރ (ކިޔުބް ކޮށް ކޮށާފައި)
2 ޖޯޑު ގާނާފައިހުރި ޗީޒް (ޕާސްތާ މައްޗަށް އެޅުމަށް)
1) ފެން ގަނޑުގެ ތެރެއަށް ލޮނާއި، ތެޔޮ ފޮދެއް އަދި 1/2 ސަމުސް އޮރެގާނޯ ޕައުޑަރ އެޅުމަށްފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްތާ މާބޮޑަށް މަޑު ނުވަނީސް ލުހެލާށެވެ.
2) ބޯތަށްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ބަހައްޓާށެވެ.
3) ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށްފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ކުޑަ ތެޔޮ ފޮދެއްގެ ތެރޭގައި ފްރައި ކޮށްލާށެވެ. ރަނގަޅަށް ފްރައި ވުމުން އޭގެ ތެރެއަށް ސޮސެޖު އެޅުމަށްފަހުވެސް ފްރައި ކޮށްލާށެވެ.
4) ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި އެއަށް ލޮނުމެދާއި ޗިލީ ފްލޭކްސް އަދި ބެލްޕެޕާރ އެޅުމަށް ފަހު، ލޮނުމެދަށް ކުޑަކޮށް ރަން މުށި ވަންދެން ކައްކާލާށެވެ.
5) ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު އޭގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ހަލުވަމުން ގެންދާށެވެ.
6) އެއަށްފަހު އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ނެސްލޭ ކްރީމް ދަޅާއި، 1/2 ސައި ސަމުސާ އޮރެގާނޯ ޕައުޑަރ އާއި، ޕީލްޑް ޓޮމާޓޯ، ޗީޒް އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 15 ވަރަކަށް މިނެޓު ކައްކާލާށެވެ.
7) އެއަށްފަހު ސޮސެޖާއި ކުކުޅު ކޮޅު އަޅާފައި އެއްކޮށްލުމަށްފަހު ޕާސްތާ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
8) ދެން ޓްރޭ އަކަށް އަޅާލުމަށްފަހު މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އެއަށަފަހު ޗީޒް ވިރެންދެން އަވަނަށްލައި ފިހެލާށެވެ. އޭރުން ބޭކެޓް ޕިންކް ސޯސް ޕާސްތާ ތައްޔާރުކޮށް ނިމުނީއެވެ.
މިއަދު މިއޮތީ ޕާސްތާ މީރު ކުދިން ކޮންމެހެން ޓްރައި ކޮށްލަން ރަނގަޅު ޑިޝްއެއްގެ ރެސިޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ