ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މި އޮފީހުގެ ނަންބަރު 1/2025 (15 ޖަނަވަރީ 2025) ދެންނެވުމުން ވަނީ ހަމަޖައްސަވައިފައެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، 2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވައިފައިވުމާއެކު، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ދެންނެވީމެވެ.
2026 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސެވުން (ދެންނެވުން ނަންބަރު: 2026/3)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ