ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނަސީމް ހުސައިން އަވަހާރަވެއްޖެ އެވެ.
ވީ ކިހިނެއް؟- އެނގިފައިވާ ގޮތުގައި އޭނާ އަވަހާރަވީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ނައީމް އަވާހަރަވިކަން އިއުލާން ކުރީ އެމްއޭސީއެލުންނެވެ.
އެތަނުން ބުނިގޮތުގައި ނައީމްގެ ވަކިވެދިއުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް ލިބުނު ބޮޑު ގެއްލުމަކާއި ހުސްކަމެކެވެ. އަދި އޭނާ ކޮށްދެއްވި މަސައްކަތް ހަނދާން ކުރަނީ ޝުކުރުވެރިކަމާއި އިހުތިރާމާއެކުގައި ކަަމަށް ބުންޏެވެ.
ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގަ އެވެ.
ރާއްޖޭގެ ފުރަތަމަ އެއާޓްރެފިކް ކޮންޓްރޯލަރު ނައީމް އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ