ޞަދަޤާތްކުރާނެ ފައިސާ އަތުގައި ނެތީހެއްޔެވެ؟ ކަންބޮޑުނުވާށެވެ! ހަމައެފަދައިން ސުންނަތް ނަމާދުކުރުމާއި ސުންނަތް ރޯދަހިފުމަށްވުރެ މަތީ ދަރަޖައަކަށް އުފުލެން ބޭނުންވި ނަމަވެސް އެކަމަށްވެސް މިއޮތީ ވަރަށް ފަހި މަގެކެވެ. ކިހާގިނަ ޘަވާބު ދެއްވަވާނެކަމެއްކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވ. "ޞަދަގާތް ކުރުމާއި ސުންނަތް ނަމާދު ކުރުމާއި ސުންނަތް ރޯދަ ހިފުމަށްވުރެ ދަރަޖަމަތިވެރި ކަމެއް ތިމަން ރަސޫލާ ﷺ ދަސްކޮށްދެއްވަމު ހެއްޔެވެ؟ ޞަޙާބީން ދެންނެވިއެވެ. "އާދޭހެވެ." ޙަދީޘް ކުރެއްވެވިއެވެ. "ދެމީހެއްގެ ދެމެދުގައި ޞުލްޙަ ކުރުމެވެ."
Imam Bukhari has recorded the following Hadith in his Al Adabul Mufrad:
Sayyiduna Abud Darda (radiyallahu ‘anhu) reports that Nabi (sallallahu ‘alayhi wa sallam) said:
“Should I not tell you something that is better than [voluntary/optional] fasting, Salah and charity?’ They [The Sahabah] said: ‘Yes.’ He said: ‘Reconciling and making peace between people, for spoiling relations is the shaver [destroys Din and good].
(Al Adabul Mufrad, Hadith: 391, Sunan Tirmidhi, Hadith: 2509, Sunan Abi Dawud, Hadith: 4883, Sahih Ibn Hibban; Al Ihsan, Hadith: 5092)
ކަން އޮތީ މިފަދައިން ނަމަވެސް މިއަދު ގިނަ ބައަކަށް ޢަމަލުކުރެވެނީ މިގޮތަކަށް ނޫނެވެ. ދެމީހެއްގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުމުން އެކަން ޙައްލުކޮށް ދެމީހުން ޞުލްޙަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ޢަމަލުކުރެވެނީ ދިމާއިދިކޮޅަށެވެ. ދެއްކެނީ މައްސަލަ އިތުރަށް ހޫނުވާފަދަ ވާހަކަތަކެވެ.
އަހުރެމެން މަސައްކަތްކުރަންވީ އެދެމީހުންގެ މެދުގައި ޖެހުނު މައްސަލަ ޙައްލުކުރެވޭތޯއެވެ. ދެމީހުން ވީހައި އަވަހަކަށް ޞުލްހަކުރެވޭތޯއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ޞަދަޤާތްކުރަން އަތުން ޚަރަދުކުރަންޖެހެއެވެ. ސުންނަތް ނަމާދުކުރަން ތަކްލީފް އުފުލަންޖެހެއެވެ. އަދި ސުންނަތް ރޯދަހިފުމަކީވެސް އެތައް ބައިވަރު ތަކްލީފްތަކެއް އުފުލަން ޖެހޭނެ ކަމެކެވެ. ހަދީޘްފުޅުގައި އެއޮތީ މިކަންކަމަށްވުރެ ދެމީހަކު ޞުލްހަކުރަން މަސައްކަތްކުރުމުން ލިބޭނެ ފައިދާ މާބޮޑުވާނެކަމެވެ.
އެއްގެއެއްގައި ގިނަ ބައަކު ދިރިއުޅޭނަމަ މައްސަލަ ޖެހޭނެއެވެ. ޚިޔާލުތަފާތުވާކަންކަން ކުރިމަތިވާނެއެވެ. އެޙާލަތުގައިވެސް މައްސލަ ޖެހުނު ދެމީހުން އެކުވެރިކުރުވަން މަސައްކަތްކުރުމުން މިޙަދީޘްފުޅުގައިވާ ފައިދާ އެމީހަކަށް ކުރާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ދެމެފިރިންގެ މެދުގަކަމަށްވިޔަސް ޢާއިލާތެރޭގަކަމަށްވިޔަސް ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރީމަ ދެއްވަވާ ޘަވާބުގެ ދަރަޖަ އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ