ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް 16 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ހދ. ކުޅުދުއްފުށީގައި ކުއްލި ގޮތަކަށް 16 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، މަރުވެފައިވަނީ އެ ރަށު ލަތީފީމަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް އެވެ. އެއީ އެ ރަށު ސްކޫލުގެ ގްރޭޑް 10ގައި ކިޔަވާ ދަރިވަރެކެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ރޭ ނިދަން ވަދެ، ބޮލުގައި ރިއްސާކަމުގެ ޝަކުވާ އެ ކުއްޖާ ކުރި އެވެ. އަދި ބޭސް ވެސް ކޭ ކަމަށް އެނގިފައިވެ އެވެ.
"އެކަމަކު ފަތިހު ނުހޭލައިގެން ގޮސް ބެލި އިރު މަރުވެފައި އޮތީ،" މައުލޫމާތު އެނގޭ މީހަކު ކުޅުދުއްފުށީ މީހަކު ބުންޏެވެ.
ޝަޒްފާއަކީ އޭނާގެ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހު ކުޅުދުއްފުށީ މަސްޖިދުލްހަލާރަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ