ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުން އިހާނެތިކޮށް ހިތައި ވިސާގެ ކަންކަމުގައި ދަތިކުރާތީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ އޭނާއާ ބައްދަލުކުރައްވައިފިއެވެ.
އެ ގައުމުގެ އިދިކޮޅު ޕާޓީ، އެސްއެލްޕީ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންގެ ދެވަނަ “ގެ” ކަމުގައި ސިފަކުރައްވާފައެވެ. ދެ ގައުމެއްގެ ދެމެދުގައި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށް، ބިނާކުރަނިވި މަޝްވަރާ މުހިންމުކަން ފާހަގަކުރައްވަމުން ނަމާލް ވިދާޅުވީ އެކުގައި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށެވެ.
ލަންކާގެ ‘ޑެއިލީ ނިއުސް’ އަށް ދެއްވި އިންޓަވިއުއެއްގައި މަސްއޫދު ވިދާޅުވީ ވިސާ ހޯދުމަށްޓަކައި ދިވެހިން ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމައަށް ދިގު ކިއޫތަކުގައި ވަގުތު ހޭދަކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ދިވެހި ދަރިވަރުންނާއި ބެލެނިވެރިން އަމިއްލައަށް ވިސާއަށް އެދި ހުށަހަޅާ ހާލަތްތަކުގައި، ވިސާ ހޯދުމަށްޓަކައި އެ ޑިޕާޓްމަންޓުގައި ގަޑިއިރުތަކެއް ވަންދެން މަޑުކުރަންޖެހޭ ކަމުގައި މަސްއޫދު ވިދާޅުވިއެވެ.
ދިވެހިންނަށް ޝުކުރު އަދާކުރަން ލަންކާ މީހުން މަގުމައްޗަށް ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި ސަފީރުކަމުގެ، ފަތްކޮޅު ރަނިލްއަށް އަރުއްވައިފި ރާއްޖެއާއި ލަންކާއާ ދެމެދު ބާއްވާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން ކޮލޮމްބޯގައި! ލަންކާގެ 75 ވަނަ މިނިވަން ދުވަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ