ފަސް ޓީމަކަށް އެއިޓީން ތާޓީ ކްލަސިކް ފެށުން ވަަރުގަދަ ފަސް ޓީމަކަށް އެއިޓީން ތާޓީ ކްލަސިކް ފެށުން ވަަރުގަދަ

ކްލަބް މޯލްޑިވްސްގެ އަންހެން މުބާރާތެއް ކަމަށްވާ އެއިޓީން ތާޓީ ކްލަސިކްގައި، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް، ހެލްތު ރެކްރިއޭޝަން ކްލަބް، އެމްއޭސީއެލް، ޕްރިޒަން ކްލަބް އަދި އެސްޓީއޯ އިން ބޮޑު މޮޅަކުން ފަށައިފި އެވެ.
އެއިޓީން ތާޓީ ކްލަސިކް މި ފަހަރު ކުރިއަށްދަނީ، 12 ޓީމެއް ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެ ގޮތުން، ރޭ ގްރޫޕް އޭގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ވަނީ 3-0 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ. މި ގްރޫޕްގައި، ޕްރިޒަން ކްލަބުން 6-1 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރި އެވެ. ގްރޫޕް ބީގައި، ޓީމު ދަރުމަވަންތަ އަތުން ހެލްތު މޮޅުވީ 8-0 އިންނެވެ. އަދި، ގްރޫޕް ސީގައި، ޓީމު އެމްއޭސީއެލް އިން، 6-2 އިން ކުޅިވަރު ވުޒާރާ ކްލަބް ބަލިކުއިރު، އެސްޓީއޯ އިން ވަނީ އޭސީސީ ރެކްރިއޭޝަން ކްލަބް 8-0 އިން ބަލިކޮށްފަ އެވެ.
ސްޓެލްކޯ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހަލީމަތު ހަސްނާ ދެ ގޯލާއި މަރިޔަމް ޝައުފާ ގޯލެކެވެ. ޕްރިޒަން ކްލަބަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ، އައިމިނަތު ފަޒްލާ ހަތަރު ގޯލުގެ އިތުރުން އައިޝަތު ޝަރުމާ ދެ ގޯލެވެ. އަދި، ހުޅުމާލެ ހޮސްޕިޓަލްގެ ގޯލު ޖެހީ ހައްވާ ނިޝާމާ އެވެ.
ހެލްތަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ސިންވާ އަބްދުލް ލަތީފް ހެޓްރިކެއްގެ އިތުރުން، އައިޝަތު ސާމިޔާ އާއި ފަލާހާ ހުސެއިން ފުޅު، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު އަދި ސަރާ އަބްދުލް ސައްތާރު ގޯލެކެވެ.
އެމްއޭސީއެލް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އާޒިނާ އަބްދުލް މަތީން ހަތަރު ގޯލުގެ އިތުރުން ފިރުޝާނާ ނަސީރު ދެ ގޯލެވެ. ކުޅިވަރު ވުޒާރާގެ ދެ ގޯލު ވެސް ޖެހީ އައިޝަތު އަބްދުލް ރައްޒާގު އެވެ. އޭސީސީ ކޮޅަށް އެސްޓީއޯގެ ލަނޑުތައް ޖެހީ، ޝިޔާނާ އަހުމަަދު ޒުހައިރު އާއި މަރިޔަމް ޝިމްލާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން މަލްދާ ނަސީމް، މުންޔަތު ހުސެއިން، މަރިޔަމް އީޝާ ވާސިފް އަދި ފާތިމަތު ޒުހުދާ ގޯލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ