ނިޝާން ގާޒީ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މިއަދު އަރުވައިފި އެވެ.
ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މައުމޫނަށް ހާއްސަ އައްޑަނަ އެރުވީ ނޮވެމްބަރު 3، 1988، ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މައުމޫނަށް ޝަރަފުގެ އައްޑަނަ އެރުއްވީ މުހައްމަދު މުއިއްޒު އެވެ. ރަސްމިއްޔާތުގައި މައުމޫނުގެ ދަރިކަލުން ޑިސެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ދުންޏާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖަލްސާގެ ތެރެއިން ނޮވެމްބަރު 3، ގައި ޝަހީދުވި ސިފައިންނާއި އާންމުންގެ ހަނދާނުގައި އެ ސިފައިންގެ އާއިލާތަކަށް ވެސް ހާއްސާ އައްޑަނައެއް ވަނީ އަރުވައިފަ އެވެ. އެ ހުރިހާ އާއިލާތަކަށް އައްޑަނަ އެރުވީ މުއިއްޒު އެވެ.
މީގެ 38 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިންގެ އަށް މީހަކު އަދި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.
ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މައުމޫނަށް އަރުވައިފި ނޮވެމްބަރު 3، ގެ ޝަރަފުގެ ހާއްސަ އައްޑަނަ މައުމޫނަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ