ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ނަގާކިޔާ ޗަމްޕާ އާއިލާގެ ހިއްސާ އޮންނަ ޖަވަކަރައިން ޅ.އަތޮޅުގައި ތަރައްޤީކުރި ނަލަ މޯލްޑިވްސް ރިސޯޓް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ނަލަ މޯލްޑިވްސް ރިސޯޓް ހުޅުވާފައިވަނީ މިއަދު އެކަމަށްޓަކައި އެ ރިސޯޓްގައި ބޭއްވި ހަފްލާއެއްގައެވެ. ރިސޯޓް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް އާއި މެނޭޖިންގ ޑިރެކްޓަރު ޗަމްޕާ މުހައްމަދު މޫސާއެވެ.
ނަލަ މޯލްޑިވްސް ރިސޯޓް ހުޅުވުން...
ޖާވާ ފަޅުތެރޭގައި ތަރައްޤީކޮށްފައިވާ މި ރިސޯޓްގައި 80 ވިލާ ތަރައްޤީކޮށްފައިވާއިރު، އެނޫންވެސް މޫދު ވިލާތައް ހުރެއެވެ. އޭގެ ތެރޭގައި ރޮމޭންޓިން ވިލާ، އޯވަ ވޯޓަރ ވިލާ އަދި ސަންސެޓަށް ހާއްސަ ވޯޓަ ވިލާ ހިމެނެއެވެ. މި ރިސޯޓްގައި އެހެން ރިސޯޓްތަކޭ އެއްގޮތަށް ރެސްޓޯރެންޓްތަކާއި އެކި ޤައުމުތަކުގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތައް ހުރެއެވެ.
މީގެ އިތުރުން ތަފާތު ވައްތަރުތަކުގެ ކުޅިވަރުތަކާއި މޫދު ކުޅިވަރުތަކުގެ އިތުރުން 50 ސަރަހައްދެއްގައި ޑައިވް ކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ޅ.އަތޮޅުގައި ތަރައްޤީކުރި ނަލަ މޯލްޑިވްސް ރިސޯޓް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ