ފެންނަ ކޮންމެ ހުވަފެނަކީ ވަސްވާހެއް ކަމަށް ބަލައި ޣާފިލުވާން ހެޔޮނުވާނެ! ﷲ ތަޢާލާގެ ޙަޟްރަތުން ފޮނުއްވަވާ އިލްހާމްތައްވެސް ހުވަފެނުގެ ގޮތުގަ ފެންނާނެ!

ބައެއް މީހުން ބުނާނެއެވެ! "އަހުރެންނަށް ހުވަފެން ނުދައްކާށެވެ!" އެބަހުގެ މާނައަކީ ކޮށްނުދެވޭނެ ކަންކަން ކޮށްދޭނެ ކަމަށް ބުނެ ހައްދުވަން މަސައްކަތް ނުކުރުމެވެ. އަދި އެމީހުން އެބުނަނީ ނިދީގައި ފެންނަ ހުވަފެނުގެ ވާހަކައެއްވެސް ނޫނެވެ. އަހުރެން ބަލައިލަން މަސައްކަތް މިކުރަނީ ނިދީގައި ފެންނަ ބައެއް ހުވަފެންތަކަށެވެ.  
ނިދީގައި ބޭކާރު ހުވަފެންތައް ފެންނާނެއެވެ. އެއީ ޝައިޠޯނާގެ ފަރާތުން ކުރިމަތިވާ ކަންކަމެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުން ފޮނުއްވަވާ އިލްހާމްތައްވެސް ހުވަފެނުގެ ގޮތުގައި ފެންނާނެއެވެ.  
ވީމާ ނިދީގައި ފެންނަ ކޮންމެ ހުވަފެނަކާއިމެދު ކަންބޮޑުވެގެންނުވާނެއެވެ. އަދި ފެންނަ ކޮންމެ ހުވަފެނަކާއިމެދު އަޅާނުލައި ދޫކޮށްލައިގެންވެސް ނުވާނެއެވެ. ހުވަފެނުން ހޭލެވުމުންވެސް ހުވަފެން ހަނދާންހުރިނަމަ އެހުވަފެނަކާއިމެދު ވިސްނަންވާނެއެވެ! ފެނުނީ ތިމާ އާއި އެއްވެސް ގުޅުމެއް ހުރި ކަންކަންތޯ ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ.  
މިޘާލަކަށް އަޅުކަމާއި ދުރުގައި ހުރެވެނިކޮށް ހުވަފެނުގައި ހެޔޮލަފާ މީހުން ފެނި އަދި ހެޔޮ ޢަމަލުކުރަނިކޮށް ފެނިއްޖެނަމަ އެއީ ލިބުނު އިންޒާރެއް ކަމަށް ދެކެންވާނެއެވެ. އެއީ ތިބާ ތައުބާވެ ހެޔޮ އަމަލުތައް ކުރަން ފަށަން ތިބާއަށް އަންގައިދޭ އެންގުމެކެވެ. އެކަމަށް ޣާފިލުވާން ހެޔޮ ނުވާނެއެވެ.
ހަމައެފަދައިން ބައަކާއިއެކު ނުވަތަ އެކަނި ނަމަވެސް ނުބައި ޢަމަލުތައް ކުރަނިކޮށް ހުވަފެނުގައި ފެނިއްޖެނަމަ އެއީވެސް ހަމަ އެހައި ވަރުގަދަ އިންޒާރެއްކަމަށް ދެކެންވާނެއެވެ. އެއަންގައިދެނީ އެމީހުންނާއިއެކުގައި އުޅެގެން ތިބާއަށް ހުރީ ގެއްލުންކަމެވެ. އަދި ފާފަކުރުން ހުއްޓާލައި ތައުބާވުމުގެ ވަޤުތު އައިސް ޖެހިއްޖެ ކަމެވެ.  
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން  
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ