ޢާންމު ރައްޔިތުންނަށް ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމުގެ މައްސަލަތަކަށް ހާއްސަކޮށްގެން ސިއްޚީ ސްކްރީނިން ޕްރޮގްރާމެއް މާދަމާ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ޕްރޮގްރާމް އޮންނާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:00 އާ ހަމައަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ކްލިނިކުގައެވެ. މި ހަރަކާތަކީ އޭޑީކޭ ފާމަސޫޓިކަލް ކުންފުނި، ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ހިލޭ ހަކުރު ބަލި، ލޭގެ ޕްރެޝަރ، ކޮލެސްޓްރޯލް ފަދަ ސިއްހީ ޓެސްޓުތައް ހަދައި، ބީއެމްއައި ޗެކުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްޕެޝަލިސްޓް ޑޮކްޓަރުންނާ މަޝްވަރާކޮށް، ސިއްޚީ ދިރިއުޅުމުގެ ލަފާ ހޯދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މައިގަނޑު މަގުސަދަކީ، އާންމު ސިއްހަތަށް ރައްކާތެރިވުމުގެ މުހިންމުކަން ރައްޔިތުންނަށް ހަނދާންކޮށްދީ، ބަލިތަކުން ދުރުހެލިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ބާރުއެޅުން ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.
އާންމު ރައްޔިތުންނަށް މި ހަރަކާތުގައި ބައިވެރިވެ، ހިލޭ ލިބޭ ސިއްޚީ ހިދުމަތްތަކުގެ ބޭނުން ހިފުމަށް ވަނީ ދައުވަތު އަރުވާފައެވެ.
އާންމުންނަށް ހިލޭ ހަކުރު ބަލީގެ ސްކްރީން ކުރެެވޭ ޕްރޮގްރާމެއް މާދަމާ ދަރުމަވަންތަ ހޮސްޕިޓަލުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ