އިޔާދަކުރަނިވި ހަކަތަ އިތުރުކޮށް، އަގުހެޔޮކޮށް ކަރަންޓުގެ ޚިދުމަތް ދޭންޖެހޭ: އިބްރާހީމް ދީދީ

އިޔާދަކުރަނިވި ހަކަތަ އިތުރުކޮށް، ހެޔޮއަގެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ޔަގީންކަމާއެކު ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ އެންމެ ބޮޑު އަމާޒުކަމުގައި ހަދަން ޖެހޭ ކަމަށް ސްޓެލްކޯގެ ޗެއާމަން ބްރިގޭޑިއާ ޖެނެރަލް (ރިޓާޔަޑް) އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ. ގައުމީ ކަރަންޓު ކުންފުންޏަށް 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ގުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ސްޓެލްކޯއިން މިއަދު ދެމުންދާ ކަރަންޓުގެ ޚިދުމަތަކީ މީގެ 73 އަހަރު ކުރިން އެންމެ 14 ކިލޯ ވޮޓުގެ ޖަނަރޭޓަރެއް ބަހައްޓައިގެން ފެށި ޚިދުމަތެއްކަމަށެވެ. ޒަމާނަށް އައި ބަދަލާއެކު ވޭތުވެދިޔަ 70 ވަރަކަށް އަހަރުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތަށް ބޮޑެތި ބަދަލުތައް އައިސްފައިވާއިރު، އޭރަކަށް ބޭނުންވާ ޑިމާންޑާ އެއް ވަރަށް ކެޕޭސިޓީ އިތުރުކޮށްފައިވާކަމަށް ޗެއާމަން ވިދާޅުވިއެވެ. ސްޓެލްކޯގެ ކަރަންޓުގެ ޚިދުމަތުގެ 73 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން އެގޮތުން 1953 ވަނަ އަހަރު 38 ކިލޯވޯޓުގެ ދެ ޖަނަރޭޓަރު ގެނެސް، 1958 ވަނަ އަހަރު އިންޖީނުގެއެއް އުފައްދައި އިތުރު 470 ކިލޯވޮޓުގެ ޖަނަރޭޓަރެއް ގެނެސްފައިވާކަން އިބްރާހީމް ދީދީ ފާހަގަކުރެއްވިއެވެ. އެއަށްފަހު 1964 ވަނަ އަހަރުގެ ތެރޭގައި އަންޑަ ގްރައުންޑް ނެޓްވޯކެއް ގާއިމްކޮށް، 1980އިން ފެށިގެން 1978އާ ހަމަޔަށް ސްޓެލްކޯގެ ޚިދުމަތްތައް ވަރަށް ބޮޑަށް ތަރައްގީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސްޓެލްކޯ އޭރު ވަރުގަދަވެ މޯލްޑިވްސް އެނާޖީ ބޯޑު އުފައްދާފައިވާއިރު، ސްޓެލްކޯ މި ނަން ދީފައިވަނީ 1997 ވަނަ އަހަަރުގެ ޖޫން މަހުގައެވެ. "މިއަދާ ހަމައަށްވެސް ސްޓެލްކޯއަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް. ސްޓެލްކޯއިން މިހާރު ދަނީ ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން އއ. އަދި ވ. އަތޮޅުގެ ރަށްތަކަށްވެސް ކަރަންޓުގެ ޚިދުމަތް ދެމުން،" އިބްރާހިމް ދީދީ ވިދާޅުވިއެވެ. ސްޓެލްކޯގެ ކަރަންޓުގެ ޚިދުމަތުގެ 73 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން ތިމާވެއްޓާ ރައްޓެހި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ އަދަދު އިތުރުކުރުމަކީވެސް ސްޓެލްކޯއިން މިހާރު ވަރަށް ބޮޑު އިސްކަމެއްދޭ ކަމެކެވެ. އިބްރާހިމް ދީދީ ވިދާޅުވީ، ސްޓެލްކޯއިން މާލެ އަތޮޅާއި އއ. އަތޮޅާއި ވ. އަތޮޅުގައި 38.4 ވޮޓުގެ ފޮސިލް ފިއުލް ހަކަތަ ބޭނުންކުރާއިރު، ދެ މެގަވޮޓުގެ ރެނިއުބަލް އެނަޖީ ބޭނުންކުރާ ކަމަށެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުގައި 3.4 މެގަވޮޓުގެ ރިނިއުބަލް އެނާޖީ ބޭނުންކުރާއިރު، 110 ވޮޓުގެ ފޮސިލްފިއުލް އެނާޖީ ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ