އެސްޓީއޯ ބެކްޓު ސްކޫލް ޕްރޮމޯޝަން: ޑެވޮންޑޭލް 1ލީޓަރު ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް

ޑެވޮންޑޭލް 1ލީޓަރު ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބޭ ޕްރޮމޯޝަނެއް އެސްޓީއޯއިން ފަށައިފިއެވެ.
އެސްޓީއޯ ބެކް-ޓު-ސްކޫލް ޕްރޮމޯޝަން 2022 ސްކޫލް ތަކުގެ ދިރާސީ އާ އަހަރާއި ގުޅުވައިގެން ކުރިޔައްގެންދާ ބެކްޓު ސްކޫލް ޕްރޮމޯޝަން ފަށާފައިވަނީ މިމަހު އެއްވަނަ ދުވަހުން ފެށިގެންނެވެ.
މިމަހުގެ ނިޔަލަށް ކުރިޔައްދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސް ގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިޔައްދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަންގެ ތެރެއިން ޑެވޮންޑޭލް ފުލް ކްރީމް 1ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕް އެއް ލިބޭނެއެވެ. މި ކަޕް އަކީ ލިމިޓެޑް އެޑިޝްނަން ކަޕް ތަކެއްކަން އެސްޓީއޯ އިން ވަނީ ފާހަގަކޮށްފައެވެ.
ކިޔަވާކުދިން އަދި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ބައްލަވައިގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް، އަދި އައި ވީ ކިރު ބައްލަވައި ގަންނަފަރާތް ތަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕްންއެއް ލިބޭނެ ކަމަށާއި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވާނެ ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެސްޓީއޯ އިން ބުނީ، ރީޓެއިލްގެ ތިންވަން ނަސީބުވެރިޔާއަށް 1500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ހޯލްސޭލް ގެ ތިންވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެއް، ދެވަނަ ނަސީބުވެރިޔާއަށް ރަސަލް ހޮބްސެގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަން ގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝާ ކުކާއެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެސްޓީއޯއިން ބުނީ އެއްވަނަ ނަސީބުވެރިޔާއަށް 327ލ ގެ ޗެސްޓް ފްރީޒާ ލިބޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ