މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:30 އަށް މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މާފަންނުގެ މަޖީދީ މަގާއި، އޯކިޑް މަގާއި، ފަރީދީ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް މައުލޫމާތު ދީފައިވެއެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 14:00 އިން 16:30 އަށް މާފަންނުގެ މަޖީދީ މަގާއި، އޯކިޑް މަގާއި، ފަރީދީ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން. pic.twitter.com/9nTCc2U7yf
— STELCO (@STELCOMALDIVES) February 11, 2023
މާލެ ސަރަހައްދަށް ކަރަންޓު ދެމުން އަންނަ ސްޓެލްކޯއިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ