ހިމެންދޫ ފުޓުބޯޅަ ދަނޑާއި، އޮޅުވެލިފުށީ އިންޖީނުގެ ރައީސް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް، އަރިއަތޮޅު އުތުރުބުރީ، ހިމެންދޫ ފުޓުބޯޅަ ދަނޑާއި، ފާދިއްޕޮޅު އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.
އއ. ހިމެންދޫ ފުޓުބޯޅަ ދަނޑާއި ޅ. އޮޅުވެލިފުށީ އިންޖީނުގެ ރައީސް ސޯލިހު ހުޅުއްވައިދެއްވީ، އެމަނިކުފާނު މިއަދު އެދެރަށަށްކުރެއްވި ޒިޔާރަތުގައެވެ.
ރައީސް ސޯލިހު މިއަދު ހުޅުއްވައިދެއްވި، އއ. ހިމެންދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއި ހަވާލުކޮށްގެންނެވެ.
މީގެ އިތުރުން، ރައީސް ސޯލިހު މިއަދު ހުޅުއްވައި ދެއްވި، ޅ. އޮޅުވެލިފުށީ އިންޖީނުގެއަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ