މަނީ ލޯންޑާ ކުރަން ބޭނުންފުޅުވެ ވަަޑައިގެންނެވި ނަމަ ރާއްޖޭގެ ބޭންކެއްގައި އޮތް އަމިއްލަ އެކައުންޓަކަށް އެ ފައިސާ ޖަމާ ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ، ރާއްޖޭގެ ބޭންކިން ނިޒާމަކީ މައުލޫމާތު އެއްވެސް ވަރަކަށް ރައްކާތެރިކޮށްދޭ ގޮތަކަށް ބައްޓަން ކޮށްފައިވާ ނިޒާމެއް ނޫން ކަމަށެވެ. ފުލުހުން ބޭނުންވާ އިރަށް، ކޯޓު އަމުރެއް ނެތިވެސް ބޭންކު އެކައުންޓުގެ މައުލޫމާތު ބޭންކުތަކުން ހޯދާކަމަށް ޔާމީން ވިދާޅުވިއެވެ.
އެ މުއާމަލާތުގައި ލިބިވަޑައިގަތް ފައިސާ އާމެދު ކަން ކުރައްވި ގޮތް ހާމަ ކުރައްވަމުން ޔާމީން ވިދާޅުވީ، އެ ފައިސާ ހޮންކޮންގް އެންޑް ޝަންގްހާއީ ބޭންކް (އެޗްއެސްބީސީ) ގެ އެކައުންޓެއްގައި ބެހެއްޓެވި ކަމަށާއި އެ ބޭންކު ބަންދު ކުރަން ނިންމުމުން އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާ ކުރެއްވީ ކަމަށެވެ.
ޔާމީން ވިދާޅުވީ، ޔޫސުފް ނައީމުގެ ފަރާތުން ލިބުނު އެއް މިލިއަން ޑޮލަރަކީ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އެއް މިލިއަން ޑޮލަރަށް ވާ ވަރަށް ނަގުދު ދިވެހި ފައިސާ ހުރިކަން މައްސަލައިގެ ތަހުގީގު ތެރެއިން ލިޔެކިޔުމާއެކު ސާބިތުކޮށްދީފައިވާނެ ކަމަށާއި އެކަން ކުރީ އިސްވެ ބޭނުންވެގެން ކަމަށާއ ތަހުގީގު ކުރާ ފަރާތްތަކުން އެދިގެން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.
އެ ފައިސާއަކީ ޔޫސުފް ނައީމް ހިލޭ ދިން ފައިސާއެއް ނޫންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ޔޫސުފް ނައީމް އެ ފައިސާ ހޯދީ ޓޫޖީ ކުންފުނީގައި އޮންނަ އޭނާގެ 90 ޕަސަންޓު ހިއްސާ ވިއްކާލައިގެންކަމަށް ޔާމީން ވިދާޅުވިއެވެ.
މަނީ ލޯންޑާ ކުރަން ރާއްޖޭގެ ބޭންކިން ނިޒާމު ބޭނުމެއް ނުކުރާނެ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ