މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ

ސްޓެލްކޯ އިން ބުނީ މިޔަދު ކަރަންޓު ކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް ކުރާތީ ކަމަށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ކަރަންޓު ކުންފުނި، ސްޓެލްކޯ އިން ބުނެފި އެވެ.
މާލެއަށް ކަރަންޓުގެ ހިދުމަތް ދެމުން ގެންދާތާ 40 އަހަރުވެފައިވާ ކުންފުނި ސްޓެލްކޯ އިން ބުނީ މިޔަދު ކަރަންޓު ކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަށް ކުރާތީ ކަމަށެވެ.ސްޓެލްކޯ އިން ބުނީ މިޔަދު މެންދުރު 2:00 އިން ހަވީރު 4:00 އަށް ހެންވޭރުގެ ރަތްވިލާ ހިނގުމާއި، މޫނިމާ ހިނގުން، ކަލާފާނު ހިނގުން، ލޮނުޒިޔާރަތްމަގު އަދި ބުރުޒުމަގު ހިމެނޭ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްށެވެ.އެ ކުންފުނިން ވަނީ ކަރަންޓު މެދުކެނޑިގެން ދިޔުމުގެ ސަބަބުން އާމުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ