"ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުން ތަކަކަށް އަނިޔާ ލިބި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް، އަޅުގަނޑު ގަބޫލުކުރާ ކަމެއް. އަޅުގަނޑު މިކަމަށްޓަކަައި ތިޔަބޭފުޅުންގެ އަރިހުން މާފަށް އެދެން،"
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންތަކަކަށް އަނިޔާ ލިބި ހިތާމަތަކެއް މެދުވެރިވި ކަމަށް ގަބޫލު ކުރައްވާ ކަމަށާ އެކަމާ މާފަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް މައުމޫންގެ ދޮށީ ދަރިކަލުން އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިސް މިހެން ވިދާޅުވީ ފާރިސްގެ ފޭސްބުކް ޕޭޖުގައި މިރޭ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. "މާފަށް އެދެން" މި ނަމުގައި އާންމު ކުރެއްވި މެސެޖްގައި ފާރިސް ވިދާޅުވީ ބައްޕާފުޅުގެ ވެރިކަމުގައި ރައްޔިތުންތަކަކަށް އަނިޔާ ލިބި ހިތާމަތަކެއް މެދުވެރިވި ކަމީ ހަގީގަތެއް ކަމަށެވެ. އެކަން ގަބޫލު ކުރައްވާ ކަަމަށާ އެކަމަށްޓަކައި އެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ."ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުން ތަކަކަށް އަނިޔާ ލިބި ހިތާމަތަކެއް މެދުވެރިވި ކަމަކީ ހަގީގަތެއް، އަޅުގަނޑު ގަބޫލުކުރާ ކަމެއް. އަދިވެސް މި ހިތާމާގަައި ބަޔަކު ދެމި ތިބި ކަމަކީ އަޅުގަނޑު ގަބޫލުކުރާ ކަމަށް. އެއީ އަޅުގަނޑު ދޮގުކުރާ ކަމެއް ނޫން. އަޅުގަނޑު މިކަމަށްޓަކަައި ތިޔަބޭފުޅުންގެ އަރިހުން މާފަށް އެދެން،"ފާރިސް ވިދާޅުވި ގޮތުގައި އޭނާ ދެއްވި އިންޓަވިއު އެއްގައި ވިދާޅުވި ވާހަކައަކުން އެ އަނިޔާ ލިބުނު މީހުންނަށް އިތުރު ހިތާމައެއް ކުރިމަތިވެފައިވާ ކަމަށް ގަބޫލު ކުރެއްވީ އެކަމަށްވެސް މާފަށް އެދިވަޑައިގަންނަވައެވެ. އަދި އޭނާގެ ބެލުމުގެ ދަށުން ހިންގާ ސަރުކާރެއްގައި އެފަދަ އެއްވެސް ކަމަކަށް ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ."އަޅުގަނޑުގެ އަޒުމަކީ އަޅުގަނޑުގެ ވެރިކަމެއް ގައި މި ހުރިހާ ފަރާތްތަކަށް ތަސައްލީ އެއް ހޯދާ ދިނުން. އަދި އަޅުގަނޑުގެ ބެލުމުގެ ދަށުން ހިންގާ ސަރުކާރެއް ގައި މި ފަދަ އެއްވެސް ކަމެއް އެންމެ ކުޑަމިނަކަށް ވެސް އެއްވެސް މިންވަރަކަށް ވެސް ނުހިނގާކަން ކަށަވަރު ކުރުމަކީ އަޅުގަނޑުގެ އަމިއްލަ ޒިންމާއެއް ކަމުގައި ހަދާނަން،"ރައީސް މައުމޫން ވަނީ 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ. އެއީ ޖުމްލަ 30 އަހަރެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބަޔަކަށް އަނިޔާ ލިބުނު ކަމަށް އަބަދުވެސް ވާހަކަ ދެކެވެއެވެ. ފަހުން އެމަނިކުފާނާއި ދެކޮޅަށް ނިކުތް ސިޔާސީ ބޭފުޅުން ވަނީ އެ ވާހަކަތައް އެއަށްވުރެ ބޮޑުކޮށް ހަގީގަތާއި ދުރުކޮށް އެ ވާހަކަތަައް ފަތުރާ މައުމޫންގެ ވެރިކަން ބަދަލުކޮށްފައެވެ. ބައްޕާފުޅުގެ ވެރިކަމުގައި ރައްޔިތުންތަކަކަށް އަނިޔާ ލިބި ހިތާމަތަކެއް މެދުވެރިވި ކަމީ ހަގީގަތެއް ކަމަށާ އެ ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމަށް ފާރިސް ވިދާޅުވިއިރު އޭނާ އަކީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓެކެވެ. ރިޔާސީ ބަަހުސްގައި ދެއްކެވި ވާހަކަތަކާއި ފާރިސް ގެންގުޅުއްވާ ސިޔާސަތު ތަކުގެ ސަބަބުން އޭނާއަށް އޮތް ތާއީދު ވަނީ ކުރިއަށް ވުރެ އިތުރުވެފައެވެ. އެއާއެކު ވާދަވެރީން ގެންދަނީ މައުމޫންގެ ވެރިކަމުގައި ހިނގި ކަމަށް ބުނާ އަނިޔާވެރި އަމަލުތަކުގެ ވާހަކަތައް އަލުން ދައްކަން ފަށާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ފާރިސް މައުމޫން މާފަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ