ޒިޔާގެ ރައްދު: ވަކިކުރީ ގަވާއިދާ ހިލާފަށް، ތުހުމަތު ވެރީންނަށް، މައްސަލަ ހުށައަޅަނީ

އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު، އެ މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. 
މަޖިލީހުގެ މީޑިއާ ގުރޫޕް ގައި ޒިޔާ ވަނީ މަގާމުން ވަކިކުރުމާއި ގުޅިގެން ފަހު މެސެޖެއްގެ ގޮތުގައި މެސެޖެއް ހިއްސާކޮށްފަ އެވެ. އެ މެސެޖުގައި މަގާމުން ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ.މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ދެންމެ ވިދާޅުވި ގޮތުގައި ޒިޔާ އެ މަގާމުން ވަކިކުރީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ސަބަބުންނެވެ.ޒިޔާ ވިދާޅުވީ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު ވަކިކޮށްފައި ވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް އެ ގަވާއިދު ގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގުސަދު ގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން ފަހަތުގައި ތިބެގެން ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ."ހާއްސަކޮށް މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާ އާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓާ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ. އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެމެވެ،"އަދި ވިދާޅުވީ ޕަލިމަންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން އޭނާ ވަޒީފާއިން ވަކިކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ