މިވަގުތު ފެންނަ މައުލޫމާތުތަކުން އެންމެ މެންބަރުން ގިނައީ އެމްޑީޕީގަ އެވެ. އެއީ 50،851 މެންބަރުންނެވެ. ކޮންގްރެސް ގައި 28،983 މެންބަރުން އަދި ޖޭޕީ ގައި 17،379 މެންބަރުންނެވެ.
އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ފަސް ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ގަވާއިދު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ އެ ޕާޓީގެ ދަފްތަރު ގައި 10،000 މެންބަރުން ހަމަވާނަމަ އެވެ. މެންބަރުންގެ އަދަދު އެ މިންވަރަށް ހަމަވޭތޯ ބަލަނީ ދައުލަތުގެ ބަޖެޓް ފާސްކުރާ ދުވަހުގެ ނިޔަލަށެވެ.އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވަނީ ހަ ސިޔާސީ ޕާޓީއެއްގައި ކަމަށެވެ. ނަމަވެސް 34،000 ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމް އުވާލަން ހުށައަޅާފައިވާތީ ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އެ ޕާޓީގެ ނަން ވަނީ އުނިކޮށްފަ އެވެ. އެ ޕާޓީ އުވާލުމުގެ މަރުހަލާ ވަނީ ފެށިފަ އެވެ.އެހެން ކަމުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ؛
މި ޕާޓީތަކުގައި މިވަގުތު މެންބަރުން ތިބި އަދަދެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ. މިވަގުތު ފެންނަ މައުލޫމާތުތަކުން އެންމެ މެންބަރުން ގިނައީ އެމްޑީޕީގަ އެވެ. އެޕާޓީގައި 50،851 މެންބަރުން އެބަ ތިއްބެވެ. ކޮންގްރެސް ޕާޓީގައި 28،983 މެންބަރުން ތިބިއިރު ޖުމްހޫރީ ޕާޓީގައި 17،379 މެންބަރުން އެބަތިއްބެވެ.މިވަގުތު ދަފްތަރުން ފެންނަ ގޮތުން އަދާލަތު ޕާޓީއާ އެމްޑީއޭ ގައި 10،000 މެންބަރުން ހަމައެއް ނުވެ އެވެ. އެ ދެ ޕާޓީގެ މެންބަރުންގެ އަދަދު ކަމަށް ފެންނަނީ 8،500 އެވެ. މިދިޔަ އަހަރު ވެސް ގިނަ ދުވަސްތައް ހޭދަވީ އެ ދެ ޕާޓީގައި 10،000 މެންބަރުން ނެތި އެވެ. ނަމަވެސް ބަޖެޓް ފާސްކުރުމުގެ ކުރީން އިތުރު ފޯމްތައް ހޯދާ 10،000 ހަމަ ކުރަނީ އެވެ. ދުވަސްކޮޅެއްގެ ތެރޭގައި މެންބަރުންގެ އަދަދު މަދުވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަންނަ އަހަރު ފައިސާ ލިބެނީ ފަސް ޕާޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ