އަޕާ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ހއ. އާއި ހދ. އަދި ށ. އަތޮޅުގައި ފުލުހުންގެ މަސައްކަތް ބެލެހެއްޓުމުގައި އިސްވެ ހަވާލުވެ ހުންނަވާ ކޮމާންޑަރެއްގެ ގޮތުގައި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމީ ހަމަޖައްސަވައިފިއެވެ.
ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތާއި ތަހުގީގު ދާއިރާގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ އަހުމަދު ސާމީ އެ މަގާމަށް ހަމަޖައްސަވާފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފެވެ.
ފުލުހުން ބުނީ ޑިވިޝަން ތަކުގެ ޑިވިޝަން ކޮމާންޑަރުންނަށް ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތަކީ އަތޮޅު ތަކުގައި ފުލުހުންގެ ހިދުމަތް ބަލައި މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށާއި އޮޕަރޭޝަންތައް ހިންގަވައި މައްސަލަތައް ތަހުގީގު ކުރުން ކަމަށާއި އަތޮޅެއްގެ ކުށުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކޮށް އެސަރަހައްދެއްގައި ކުރެވޭ އިގްތިސާދީ މަސައްކަތްތަކަށް ފަހި މާހައުލެއް ގާއިމް ކުރުން ކަމަށެވެ.
މީގެ އިތުރުން އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ އިދާރީ މައި މަރުކަޒުގެ ގޮތުގައި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަޕާ ނޯތު ޕޮލިސް ޑިވިޝަނަށް ކޮމާންޑަރު ކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނަސްރުﷲ ޖަލީލް އެވެ. އޭނާ އެމަގާމުން ބަދަލު ކުރީ ޓާމް މުއްދަތު ހަމަވުމުން ކަމަށް ފުލުހުން ބުންޏެވެ.
އަޕާ ނޯތު ޕޮލިސްގެ އިސް ކޮމާންޑަރަކަށް އަހުމަދު ސާމީ ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ