އިމާރާތެއްގެ މަތިން ވެއްޓުނު މީހާ ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީ މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެއެވެ.
އިންޑިއަށް ނިސްބައްވާ އުމުރުން 20 އަހަރުގެ މި ފިރިހެންމީހާ ވެއްޓުނީ އިމާރާތުގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅިން އެންމެ ތިރިއަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ، ހެނދުނު 10 ޖަހާކަންހާއިރު އެ މީހާ ވެއްޓި، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. އައިޖީއެމްއެޗްއިން ބުނީ އޭނާ މަރުވީ ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރު 13:30 ހާއިރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ