މެދުރާއްޖެ ތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުންގޯސްވުމުގެ ސަބަބުން ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ހުދުސަމާލު ނެރެފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ.
ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 ފެށިގެން ހަވީރު 5:30 އާއި ހަމައަށް ކަމަށްވާއިރު އެ އިދާރާއިން ވަނީ ދަތުރުކުރުމުގައި ރައްކާތެރިވެ ތިބެ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިއްޔެއާއި މިއަދުވެސް ވާރޭ ވެހިފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ