ބޮޑު ތަފާތަކުން މަކުނުދޫ ދާއިރާގެ ގޮނޑިވެސް ސަރުކާރަށް

ބޮޑު ތަފާތަކުން ހދ މަކުނުދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ޝަފީގް ކާމިޔާބުކޮށްފި އެވެ.
މަކުނުދޫ ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވިއިރު ޕީއެންސީގެ ކެންޑިޑޭޓަކަށް ލިބުނީ 1223 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އެވެ.
އަދާލަތުގެ ޕާޓީގެ ކެންޑިޑޭޓް އިމްރާނަށް 821 ވޯޓް ލިބުނުއިރު މިހާރު އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއަށް ލިބިފައިވަނީ 725 ވޯޓެވެ.
މަކުނުދޫ ދާއިރާގައި ހިމެނެނީ މަކުނުދޫ، ކުމުންދޫ އަދި ނޭކުރެންދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ