މިއަދު ސާދާގެ މައިންބަފައިންގެ ފަރާތުން ވަކާލާތުކުރައްވާ ވަކީލު ވިދާޅުވީ، އެކުއްޖާގެ މަރުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރާ ނަމަ ބަދަލުގެ މިންވަރާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި މަޝްވަރާކުރަން ތައްޔާރުކަމަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނަރުހުންނާއި ޑޮކްޓަރުންގެ އިހުމާލުން މަރުވި ސާދާ ސައުދުﷲ ގެ މަރުގެ މައްސަލާގައި ކޯޓުން ބޭރުން މަދަނީ ބަދަލުގެ މިންވަރާ ގުޅޭ ގޮތުން ދައުލަތުން ގޮތެއް ނިންމަން އެދޭތޯ ބެލަން ސިވިލް ކޯޓުން ފުރުސަތު ދީފި އެވެ.
އޮކްޓޯބަރު، 2021ގައި މަރުވި ސާދާގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބެލުމަށް ފަހު ނިންމީ، އެކަމުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށެވެ. އަދި އެކަމުގައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރެވޭނެ ކަަމަށް އެ ކޮމިޝަނު ނިންމި އެވެ. މިކަމުގައި ހެލްތު މިނިސްޓްރީއާ ދެކޮޅަށް ސާދާގެ އާއިލާއިން ހުށަހެޅި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އޮތީ މިއަދު އެވެ.މި ޝަރީއަތުގައި ސާދާގެ އާއިލާ ތަމްސީލުކުރައްވާ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ، އެކުއްޖާގެ މަރުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތް ކަމަށް ދައުލަތުން ގަބޫލުކުރާ ނަމަ، ގެއްލުމުގެ ބަދަލަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި މަޝްވަރާކުރުން އެންމެ ރަނގަޅު ކަމަށެވެ. މިކަމުގައި ދައުލަތުން އެދިފައި ވަނީ ވެރިންނާ މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމުމުގެ ފުރުސަތު ދިނުމަށެެވެ. ސިވިލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ މަރްޔަމް ވަހީދާ ނިންމެވީ ދައުލަތުން ކޯޓުން ބޭރުގައި މައްސަލަ ނިންމަވަން ބޭނުންވޭތޯ ބެލުމަށް ދެ ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. އުމުރުން ހަ އަހަރުގައި ސާދާ ނިޔާވީ ގޯސް އިންޖެކްޝަނެއް ޖަހައިގެން ކަމަށް ތުހުމަތުކޮށް އާއިލާއިން މި މައްސަލަ ފުރަތަމަ ހުށަހެޅީ އެޗްއާރުސީއެމްއަށެވެ. މި މައްސަލަ ބެލުމަށް މެޑިކަލް ކައުންސިލުން ވަނީ ސާދާއަށް ފަރުވާދިން ދެ ޑޮކްޓަރުންގެ ލައިސަންސް ވެސް ބާތިލްކޮށްފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސާދާގެ މަރުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން އެދޭތޯ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ