250 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ފެކްޓަރީއެއް ނެތް: މެމްބަރު ޝުޖާއު

ސަރުކާރު ނިމުނުއިރު 250 ޓަނުގެ މަސް ރައްކާކޮށްފައިވާކަމަށް އިދިކޮޅު އެމްޑީޕީން ބުނާކަމަށާއި އެހެންނަމަވެސް 250 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ފެކްޓަރީއެއް ރާއްޖޭގައި ނެތްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފެނަކައިގެ ވައްކަމުގެ ވާހަކައަށް އަލިއަޅުވާލައި ޝުޖާއު ވިދާޅުވީ ވައްކަމުގެ ވާހަކަ ހަމައެކަނި ދައްކާލާފައި ނުހުންނާނެކަމަށާއި ވައްކަން ކުރާކަން ސާބިތުވާ މީހުންނާމެދު ފިޔަވަޅުވެސް އަޅާނެކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ވައްކަންތަކުގެ ސަބަބުން ސަރުކާރަށް ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށާއި އެހެންނަމަވެސް ސަރުކާރުގެ ކާމިޔާބީއަކީ މާލީ ދަތިތަކާއެކުވެސް ފައިސާ ޗާޕުނުކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސައީދު އެބައޮތޭ ދުނިޔޭގެ ފެންވަރުގެ އެވޯޑެއް ހޯދާފައި. ހިިންގުން ރަނގަޅުކަމުން. އަޅުގަނޑުމެން ބަލާލިން މި އެވޯޑު އޭނާއަށް ލިބުނު ގޮތް. ބެލިއިރު އެވޯޑުވެސް އޮތީ ފެނަކައިގެ ވަތްގަނޑުން ލާރިދީގެން ގަނެފައި. މިހާލަތުގައި ސަރުކާރު ހިންގާފައި ހުރީމަ ދަތިތައް އެބަހުރި.
އިންތިހާބާއެކު ސަރުކާރު ވާރުތަވެގެންއައިއިރު މަސްވެރިންނަށް ނުދީހުރި 250 މިލިއަން ރުފިޔާހުރި. ވާދަވެރިފަރާތްތައް މަޖިލީހުގައި ވިދާޅުވި 250 ޓަނުގެ މަސް ހުންނާނެއޭ ފެކްޓަރީތަކުގައި. އެވަރުގެ ކެޕޭސިޓީ ހުރި ފެކްޓަރީއެއް ނުހުންނާނެ. އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާވާހަ.
ޝުޖާއު އިތުރަށް ވިދާޅުވީ ގޯހެއް ހެދިއްޖެނަމަ ރައްޔިތުންނަށް އެކަން އަންގާނެކަަމަށެވެ. އެއާ ހިލާފަށް އެމްޑީޕީ ސަރުކާރުގައި ފެނުނީ މަސްވެރިންނަށްވެސް ނުދެވޭވަރުން މަހުގެ އަގު ބޮޑުކޮށްލިތަންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއުވަނީ ގައުމާ ދޭތެރޭ އަދި ވަކިން ހާއްސަކޮށް މި ސަރުކާރާ ދޭތެރޭ އުއްމީދު ކަނޑާނުލުމަށް ރައްޔިތުންނަށް ގޮވާލާފައެވެ.
މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ އައްޑޫ ސިޓީ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންކުރަމުންދިޔަ މުޒާރާގައި ބައިވެރިން ގޮވާލާފައިވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދިނުމަށާއި ކުރިއަށް އޮތް ތަނުގައި ކިރުވާ މަހަށް ކޮންމެ 15 ދުވަހަކުން ފައިސާ ދިނުމަށް ސަރުކާރުން އެއްބަސްވުމަށް ގޮވާލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ