ކުރީގެ މެންބަރު ސިނާން އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.ނިމިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ އިންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.ކުރީ ސަރުކާރުގައި ޕީޕީއެމުން ބައެއް މެންބަރުން ވަކިވެވަޑައިގަތުމުން ގޮނޑިގެއްލުނު 12 މެންބަރުންގެ ތެރޭގައިވެސް ސިނާނު ހިމެނިވަޑައިގަންނަވައެވެ. ސިނާންގެ މައްޗަށް، ރިޝަވަތު ހިފައި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށްވެސް ލިއެވެ.ހިނގަމުންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އަމިއްލަގޮތުން ސިނާން ވާދަކުރެއްވިއެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ނުކުރެވުނެވެ. ސިނާން އެމްޑީޕީއާއި ގުޅިވަޑައިގަތީ އެމްއެންޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހުއެވެ.ސިނާން އެމްޑީޕީއަށް ގުޅިވަޑައިގަތްއިރު، ހައިތަމް ވަނީ މިދިޔަ އަންގާރަ ދުވަހު އެ ޕާޓީން ވަކިވެފައެވެ.ދެ ވަނަ ބުރުގެ އިންތިހާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު ރައީސާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ