އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަންނަ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 17 ވަނަ އިންޓަ ސްކޫލް ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ބުނީ، މުބާރާތް ކުރިޔަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކަމަށާއި މި އަހަރުގެ މުބާރާތުގައި ތިން އުމުރު ފުރައެއްގައި ކުޅުންތެރިން ވާދަކުރާނެ ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ތިން އުމުރު ފުރައަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރު ފުރާ ކަމަށް ވެސް އެމްބީއޭއިންމައުލޫމާތު ދެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާއިރު ޓީމް ލިސްޓް އަންނަ މަހުގެ 2 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެމްބީއޭ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ