ޑިމާންޑާ އެއްވަރަށް ކަރަންޓު ދިނުމަށް ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި

ސްޓެލްކޯ އިން އއ. ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފި އެވެ.
ސްޓެލްކޯ އިން ބުނީ، ހިމަންދޫގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދިއުމާއި ޑިމާންޑާ އެއްވަރަށް ކޭޓާ ކުރުމަށްޓަކައި 336 ކިލޮވޮޓުގެ މުޅިން އާ ޖަނަރޭޓަރެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމާ އެކު ހިމަންދޫގައި އެ ކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ހިމަންދޫގައި މިހާރު ހުރީ 533 ކިލޯވޮޓުގެ އިންޖީނުގެއެކެވެ. އަދި އާ ޖަނަރޭޓަރާއެކު އެރަށަށް 889 ކިލޮވޮޓުގެ ކަރަންޓު ދެވިގެންދާނެ އެވެ.
ހިމަންދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފައިވާ އިރު، އެރަށުގައި އާ އިންޖީނުގެއެއް އަޅަން މިދިޔަ މާޗު މަހުގެ ތެރޭގައި ވަނީ ބިންގާ އަޅައިފަ އެވެ. އެ އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ އަޑު މަޑުވާނެ ގޮތަށެވެ. އަދި ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތްތަކުގައި ހަރުކުރަން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ