ފައިނު ސްކޫލް 3 ބުރީގެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިޢުލާން ކޮށްފި

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ފައިނު ސްކޫލް 03 ބުރި އިމާރާތުގެ (10 ކުލާސްރޫމް، އޭވީރޫމް އަދި ހެލްތުރޫމް) މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 60،000.00 ރުފިޔާ ހުށަހަޅަން ޖެހެއެވެ. މީގެ އިތުރުން މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާން ކޮށްފައިވެއެވެ،. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން - ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭއިރު، މި ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 14 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް ކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.  ފައިނު ސްކޫލަކީ ނިސްބަތުން ދަރިވަރުން މަދު ސްކޫލެއް ނަމަވެސް، މިހާރު ހުރި އިމާރާތުގައި ދަރިވަރުންނަށް ކިޔަވައިދިނުމަށްވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ