ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ރަޝީދު ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ރަޝީދު ސަސްޕެންޑް ކޮށްފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިގޮތަށް ނިންމާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ސަސްޕެންޑުކުރަން ނިންމީ ޖޭއެސްސީއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ. މިމައްސަލާގައި އަހުމަދުގެ ބަޔާނެއް ވެސް މިއަދު ވަނީ ނަގާފައެވެ. މިކަމާ ގުޅިގެން ޖޭއެސްސީއިން އަދި ކްރިމިނަލް ކޯޓުންވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
އަހުމަދު ރަޝީދަކީ 2015 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގެ ގާޒީއެއް ގޮތުގައި ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން އަހުމަދު ވަނީ ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ