ސަރުކާރުން ދޮރުން ދޮރަށް ފެށި ކެންޕެއިން ހަރަކާތުގައި ދިވެހި ރައްޔިތުން ސަރުކާރު ފަޟީހަތްކުރުމުން އަވަހަށް ކޯޓްތައް އަތުލާ ގާނޫނަށް ބަދަލުގެނެސް އިންތިޚާބުގައި ވާދަކުރާނެހެންހީވާ އެންމެން ”ޑިސްކޮލިފައި“ކުރުމަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބުރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް އަންގާރަދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ސަރުކާރުން ދޮރުން ދޮރަށް ކެންޕެއިން ހަރަކާތެއް ފަށާ ރައްޔިތުންގެ ގާތަށްދިއުމުން ދިވެހި ރައްޔިތުން ސަރުކާރު ފަޟީހަތްކުރުމުން އަވަހަށް ކޯޓްތައް އަތުލާ ގާނޫނަށް ބަދަލުގެނެސް އިންތިޚާބުގައި ވާދަކުރާނެހެންހީވާ އެންމެން ”ޑިސްކޮލިފައި“ކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ.
އެހެންކަމުން ރައީސް ޔާމިނާއި އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ޑރ ޖަމީލް ވަނީ ޔޫރަޕިއަން ޔޫނިއަންއާއި އދ އަދި ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލާފައެވެ.
ޑރ ޖަމީލްގެ މިގޮތަށް ޓްވީޓް ކުރައްވާފައިވާއިރު އީޔޫގެ އިސް ބޭފުޅުން ތަކަކާއި ދާދިފަހުން ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަޝްރަހާއިގުޅޭގޮތުން ޑރ ޖަމީލްވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
ރައްޔިތުން ނުކުމެ ސަރުކަރު ފަޟީހަތްކޮށްލައިފިކަމަށް ޑރ ޖަމީލް ވިދާލުވެފައިވާއިރު ޕީޕީއެމުން ރައީސް ޔާމިންއަށް ތާއީދުހޯދުމަށް ކަމަށްބުނެ ދޮރުން ދޮރަށް ކުރި ކެމްޕެއިންގައި މިނިސްޓަރ ސައީދު މާލޭގެ ގެއެއްގެ ދޮރޮމައްޗަށް ހުއްޓިވަޑައިގެން އެގޭގެ އެމީހުންނާ ވާހަކަ ދެއްކެވުމަށް މަސައްކަތްކުރާއިރު ތިޔަދައްކާ ވާހަކަ ”އަޑުހަން ބޭނުމެއްނުވޭ“ ތަކުރާރުކޮށް އަންހެނަކު ބުނަމުންދާއިރު އެގޭގެ އެހެން ފިރިހެނަކު މިނިސްޓަރު ސައީދުއާ ދިމާލަށް ”ސައީދުމެން ދައްކާ ވާހަކަ އަޑު އެހޭކަށް ނެތެއް ނޫން ހޭ ހުސް ޖަރީމާއޭ ހިންގަނީ“ ބުނާ ތަންފެންނަ ވީޑީއޯއެއްވަނީ އާންމުވެފައެވެ.
އަދި އަމިއްލަ ބޭބެ ޖަލަށްލީމީހަކު އެހެންމީހަކަށް ބަލާނެތޯ އެމީހާ ސައީދުއާއި ސުވާލުކުރާމަންޒަރު ފެންނައިރު ސައީދު ވެސް އަދި ޖަލަށް ލާނެ ކަމަށާއި، ފަހުން އޭނާ ޖަލުން ސައީދުއާއި ބައްދަލުކޮށްފާނެކަމަށްވެސް ބުނާތަން އާންމުވެފައިވާ އެ ވީޑިއޯއިން ވަނީ ފެނިފައެވެ.
ރައްޔިތުން ސަރުކާރު ފަޟީހަތްކުރުމުން މިހާރު އަމާޒު ހިފާފައިހުރީ ކެންޑިޑޭޓުން ޑިސްކޮލިފައިކުރަން: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ