ގާޒީ ބިލްޑިން ކައިރީ ހުރި ގަހެއް ވެއްޓި ގެއްލުން ވެއްޖެ

ސަރުކާރު އޮފީސް، ގާޒީ ބިލްޑިން ކައިރީ ހުރި ބޮޑު ގަހެއް ވެއްޓި އެތަނުގެ ކައިރީ ހުރި ސައިކަލުތަކަކަށް ގެއްލުން ވެއްޖެ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު އަވަސްއަށް ބުނީ، ގަސް ވެއްޓިފައި ވަނީ ރޭ ފަތިހު ބޯކޮށް ވާރޭ ވެހުން ވަގުތުގައި ކަމަށެވެ. އަދި ވެއްޓުނު ގޮތަށް އެތަަނުގައި ހުރި ބައެއް ސައިކަލުތަށް ވަރަށް ބޮޑަށް ގެއްލުންވި ކަމަށާއި ނަމަވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ.
ގާޒީ ބިލްޑިން ކައިރިޔަށް ގަސް ވެއްޓުމުން ސިފައިން ނިކުމެ ސާފު ކުރަނީ -- ޒަހާ އަހުމަދު | އަވަސް
އެކަމާ ގުޅިގެން ފުލުހުން ބުނީ ގާޒީ ބިލްޑިން ކައިރީ ހުރި ބޮޑު ގަސް މަގު މައްޗައް ވެއްޓުނު ކަމަށް ފަތިހު 5:38 ގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށާއިއެ ހާދިސާގައި ތިން ސައިކަލަކަށް ގެއްލުންވެފައިވާ ކަމަށެވެ.
ގާޒި ބިލްޑިން ސަރަހައްދުގައި ހުރި ގަސް ވެއްޓިފައި ވަނީ މަގު ހުރަސްވާ ގޮތަށެވެ. އެ ހާދިސާގައި ކުރިމަތީ ހުންނަ ޑިފެންސް މިނިސްޓްރީގެ އިމާރާތުގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ. ނަމަވެސް ސިފައިން މިހާރު އަންނަނީ އެ ސަރަހައްދުގައި ސާފުކޮށް، ގަހުގެ ބައިތައް ކަނޑާ ނަގަމުންނެވެ.
ގާޒީ ބިލްޑިން ކައިރިޔަށް ގަސް ވެއްޓުމުން ސިފައިން ނިކުމެ ސާފު ކުރަނީ -- ޒަހާ އަހުމަދު | އަވަސް
މާލެ ސަރަހައްދަށް ރޭ ބޯކަޮށް ވާރޭ ވެހުނު އިރު މެޓް އޮފީހުން ބުނީ މި ސަރަހައްދަށާއި ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް އެހެން ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ