ދުވަހު ނޫސް ހަވީރުގެ އިދާރާގައި މިރޭ ރޯކޮށްލި އަލިފާން ފެތުރުމުގެ ކުރިން ނިއްވާލައިފިއެވެ. img:http://s2.psmnews.mv/images/660x400/14618863146966.jpg|ހަވީރު އިދާރާގައި އަލިފާން ރޯކޮށްލުން - ފޮޓޯ: ޕީއެސްއެމް ނިއުސް
މިރޭ 2:30 ހާއިރު އަލިފާން ރޯކޮށްލާފައިވަނީ ހަވީރު އިދާރާގެ ރިސެޕްޝަންގައެވެ. މި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ އޮފިސަރުންނެވެ. އަލިފާން ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ފިލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހަވީރު އިދާރާގައި ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ އެއްލާލާފައިވާ ކަމަށް ބެލެވޭ ބައެއް ތަކެތި ޕީއެސްއެމްގެ ނޫސްވެރިންނަށް އެސަރަޙައްދުން ފެނިފައިވެއެވެ. img:http://s3.psmnews.mv/images/660x400/14618863337856.jpg|ހަވީރު އިދާރާގައި އަލިފާން ރޯކޮށްލުން - ފޮޓޯ: ޕީއެސްއެމް ނިއުސް
މި ހާދިސާގައި ހަވީރު އިދާރާގެ ރިސެޕްޝަންގައި ހުރި ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ހަވީރު ނޫސް އިދާރާގައި ރޯކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ