މަސްތުވާތަކެތި ކަމަށް ބެލެވޭ 28 ޕެކެޓް ސ. ހިތަދޫން ހޯދައި، 23 ޕެކެޓާއި ތުހުމަތު ކުރެވޭ ތިން މީހަކު އެ އަތޮޅު މީދޫއިން ހައްޔަރުކޮށްފި

ސ. ހިތަދޫގެ އީދިގަލި ކުޅީގެ ވަލުގައި ވަޅުލާފައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ 28 ޕެކެޓެއް ހޯދައި އެ އަތޮޅު މީދޫ ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި އޮތް މަސްތުވާތަކެތި ކަމަށް ބެލެވޭ 23 ޕެކެޓާއި އެތާ ތިބި ތިން މީހަކު ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު އީދިގަލި ކުޅި ކައިރިން ވަލުތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ ކޮތަޅެއް އޮތް ދަޅެއް ވަޅުލާފައި ވަނިކޮށް ފެނިފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ބުންޏެވެ.
މަސްތުވާތަކެތި ކަމަށް ބެލެވޭ 23 ޕެކެޓް ފުލުހުންނަށް ފެނުނީ މީދޫ، ގްރީން ވިލާގޭ ގޯތި ތެރޭގައި ވަޅުލާފައި ހުއްޓަ އެވެ. އެ ގޯތީގެ ތެރެއިން ޕެކެޓްތައް ހޯދި ވަގުތު އެތާ ތިބި އެ ރަށުގެ ތިން ޒުވާނަކު ވެސް ތުހުމަތަށް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހުންނަކީ ގްރީން ވިލާ ގެއަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި ނަމަވެސް އެއީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮތް ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ