ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދާ ގުޅޭ ގޮތުން ކުރެވޭ ތުހުމަތުތައް ބަލަން ނޭޝެނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މައްސަލަ ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ ސީޕީ ހަމީދު ކަމަށް ބެލެވޭ މީހަކު ބަނގުރާ ހުރި ތަނެއްގައި ދިވެހިން ތަކަކާއެކު އެ ބޭނުން ކުރާ މަންޒަރުތަކެކެވެ.
އުމަރު ނަސީރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕޮލިސް ކޮމިޝަނަރާ ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާ ވީޑިޔޯއާ ގުޅޭ ގޮތުން، މިނިސްޓަރުގެ ހުވަޔާ އެއްގޮތަށް އިމްރާން އަމަލު ކުރަން ވާނެ ކަމަށެވެ. އަދި ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ގާނޫނުގެ 23 ވަނަ މާއްދާ އާއި އެއްގޮތަށް އެ މައްސަލަ ބަލަން، އެންއައިސީ އަށް މިނިސްޓަރު އިމްރާން މައްސަލަ ފޮނުއްވަން ޖެހިވަޑައިގަންނަވާނެ ކަމަަށްވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ހޯމް މިނިސްޓަރު ކަން ކުރެއްވުމަކީ ތޯތޯ ކަމެއް ނޫން ކަމަށާއި ގާނޫނުގެ ކުރިމަތީ އެއްވެސް މީހަކު އިސްތިސްނާ ނުވާކަން އަމަލުން ދައްކުވައިދޭން ވާނެ ކަމަށެވެ. އެހެންވެ، އިމްރާން ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް އަމަލު ކުރެއްވުމަށް ވެސް އުމަރު ވަނީ ގޮވާލައްވައިފައެވެ.
ހަމީދުގެ މައްސަލަ ބަލަން އިމްރާން އަންގަންޖެހޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ