ކައުންސިލްތައް ސަރުކާރަށް ދީފިނަމަ ހުދުމުހުތާރު ވެރިކަމެއް އުފެދޭނެކަމުގެ އިންޒާރު!

އަންނަ އޭޕްރީލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ކައުންސިލްތަކުގެ މެޖޯރިޓީ ދީފިނަމަ ޚުދުމުހުތާރު ވެރިކަމެއް އުފެދޭނެކަމުގެ އިންޒާރު އިދިކޮޅު ޕާޓީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އާދަމް ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށްވުރެއް ބޮޑު ކާމިޔާބީއެއް ކައުންސިލް އިންތިހާބުގައި ހޯއްދަވާނެކަމަށް ރައީސް އިބްރާހމް މުޙައްމަދު ޞާލިހު ވިދާޅުވެފައިވަނިކޮށެވެ. ރައީސް ވިދާޅުވީ ރައްޔިތުން ތިބީ މިފަހަރުވެސް މެޖޯރިޓީ ދޭން ތައްޔާރަށްކަމަށެވެ.
އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަޢުލަތުގެ ތިން ބާރު މަސްހުނިކޮށްފައިވާ މަންޒަރު ރައްޔިތުންނަށް މިހާރުވެސް ފެންނަކަމަށެވެ. އަދި ގިނަ ވަޢުދުތަކެއް ނުފުއްދި ބައެއް ސަބްޖެކްޓުތައް ހުއްޓާލައި ކުރަމުންދާ މަސައްކަތުން ސަރުކާރު ވަނީ ޚުދުމުހުތާރު ވެރިކަމެއް ހިންގުމާ ދިމާއަށް މިސްރާބު ޖަހާފައިކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
Twitter Embeded
ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ، ރައީސް ސާލިޙު ވަނީ އެމްޑީޕީ ކެނޑިޑޭޓުންގެ ޕޯސްޓަރު ތަތްކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު ފައްޓަވާފައެވެ.
ސަރުކާރަށް މެޖޯރިޓީ ނުދިނުމަށް އިދިކޮޅުން ގޮވާލަމުންދާއިރު ރައީސް ޞާލިޙު ވިދާޅުވަނީ ސަރުކާރުން ކުރާ ކަންކަން އިތުރަށް އަވަސްވެގެންދާނީ ކައުންސިލްތައް ސަރުކާރު ގެނޑިޑޭޓުންނަށް ލިބިގެންކަމަށެވެ. ސަރުކާރު ކޯލިޝަންގައި އެމްޑީޕީގެ އިތުރުން 3 ސިޔާސީ ޕާޓިއެއް އޮތްއިރު، ހުރިހާ ޕާޓީތަކުންވެސް ލޯކަލް ކައުންސިލް އިންތިޙާބަށް ނިކުންނަނީ ވަކި ވަކިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ