ދިވެހި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމުގައި އެެމެރިކާއަށް ވެވުނު ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ބުނެފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނަކާއި ޙަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ ލޮސް އެންޖަލިސް ޓައިމްސްގައި މިހެން ބުނެފައި ވަނީ ގެއްލިފައިވާ ފައިސާތައް ހޯދުމުގައި އެމެރިކާގެ ތަހުޤީޤުތަކާ ބެހޭ ފެޑެރަލް އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވިދާޅުވެފައިވާ ވިދާޅުވުމާ ގުޅިގެންނެވެ.
ރާއްޖެއިން އެތައް ބިލިއަން ރުފިޔާއެއް ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ގެއްލިފައިވާއިރު، މި ފައިސާތަކުގެ ސީދާ އަދަދު އަދި ހޯދިފައެއް ނެތެވެ. އަދި މީގެ ތެރޭގައި ކިރިޔާ ވެސް އަދަދަކުން ފެންނަން އޮތީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައެވެ.
ރާއްޖެ އިން ޗައިނާއަށް ދަރާފައި އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް އަރާ ކަމަށް ބެލެވިފައިވީ ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް ސޯލިޙް މާލޭގައި ހުންނަވާ ޗައިނާގެ އެމްބެސަޑަރ އާއި ބައްދަލުކުރެއްވުމުން އެ ދަރަނި 3 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަން ވަނީ ހާމަވެފައެވެ.
"ހީކުރި ވަރަށް ވުރެ މިކަން ގޯސްވެދާނެ ކަމަށް ތައްޔާރަށް ތިބޭތި،" ރައީސް ސޯލިޙްގެ އަރިސް ފަރާތަކާއި ހަވާލާދީ އެލް.އޭ ޓައިމްސްގައި ވެއެވެ.
ޗައިނާއަށް ދަރާފައިވާ ދަރަނީގެ އަދަދު އިންތިހާއަށް ބޮޑުވެފައިވާއިރު، ލޯނުތައް ނުދެއްކޭ ހިސާބަށް ދަރަނި ބޮޑުވަމުން ގޮސްދާނެކަމުގެ ބިރު އެބައޮތެވެ.
ލޯނުތަކާއި ދަރަންޏާ ބެހޭ ގޮތުން އެނޫހަށް މައުލޫމަތު ދެއްވަމުން ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ވިދާޅުވީ ޗައިނާއާ ދެމެދު ކުރެވުނު މުއާމަލާތްތައް އަލުން ބަލަން ޖެހޭ ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް އެކަކަށް ވެސް ރަނގަޅަށް ނޭނގޭ ކަމަށެވެ. އަދި އެކަމުގައި ޗައިނާގެ އެހީ ވެސް ބޭނުންވާ ކަމަށް ނަސީމް ވިދާޅުވިއެވެ.
ޗައިނާއާ އެކު އޮންނަ ގުޅުން ބަދަހިކުރުމުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އަވަށްޓެރި އަދި ޒަމާންވީ އެކުވެރިޔާ އިންޑިއާއާ އެކު އޮންނަ ގުޅުން ކުޑަކޮށްފައެވެ. އަދި ޗައިނާއަށް އެކި ބޭނުންތަކަށް ބިންތަކާއި ރަށްތައް ދީފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، އެކަންކަން އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑުގެ 'ފިނި ހަނގުރާމައެއް'ގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް ނަސީމް ވިދާޅިވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ގެއްލިފައިވާ ފައިސާ ހޯދަން އެމެރިކާއިން އެހީވާނެ: ސްޓޭޓް ޑިޕާޓްމަންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ