ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މުސްތަފާގެ ގޮނޑި ގެއްލުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރުކުރަން ހުށަހެޅި މައްސަލާގައި ސޮއިކުރެއްވުމުން އެޕާޓީން އޭނާ ވަކިކުރުމުން މިހާރު އޮންނަ އެންޓި ޑިފެކްޝަންގެ ގާނޫންގެ ދަށުންނެވެ. މިގާނޫންގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލުނެވެ. ސުޕްރީމް ކޯޓުންވެސް އެމެމްބަރުންނަށް އެހެންގޮތެއް ނުފެނިފައި ތިއްބައި ރައީސް އަބްދުﷲ ޔާމީންއަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވި ހިސާބުން ކޯޓުން ގެންދަނީ ހުރިހާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނިންމަމުންނެވެ.
މުސްތަފާއާ އެކު ޖުމްލަ 9 މެނަބަރުންގެ ގޮނޑި ނުގެއްލޭކަަމަށް މިހާރު އެވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައެވެ.
މިހާތަނަށް ގޮނޑީގެ މައްްސަލައިގައ ގޮތެން ނުނިމިދެންތިބީ ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އާއި ދުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲއެވެ.
އަދި މިތިން ބޭފުޅުންގެ ގޮނޑީގެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ގޮތެއް ކަނޑައަޅާނެއެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާގެ ގޮނޑި ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ