މޫސުން ތަންނުދިނުމުގެ ސަބަބުން ކުރިގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑޫ ސިޓީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސް ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 3 އަހަރުވަންދެން އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވުމަށްފަހު ނަޝީދު ރާއްޖެ ވަޑައިގަތީ ބުރާސްފަތި ދުވަހުގަ އެވެ.
އެނގިފައިވާގޮތުގައި މިއަދު ނަޝީދު އައްޑޫއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ފަސްކޮށްފައިވަނީ އަންނަ ހުކުރު ދުވަހަށެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ވަނީ ރާއްޖެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދަތުރުކުރައްވާނީ އައްޑޫއަށް ކަމަށް އިއުލާން ކުރައްވާފައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއަށް އިއްޔެ ބޯކޮށް ވާރޭވެހުމާއެކު އެ ސިޓީގެ ބައެއް އަވަށްތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އަދި ބައެއް ގޭގެއަށް ފެން ވަދެ ތަކެއްޗަށް ވެސް ގެއްލުންވެފަ އެވެ.
މޫސުން ތަންނުދިނުމުގެ ސަބަބުން ނަޝީދުގެ އައްޑޫ ދަތުރު ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ