ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީނާއެކު ކޯލިޝަނެއް ހަދައިގެން ވާދަކުރުމަށް އަދި މަޝްވަރާ ނުކުރާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ގޮނޑިތަކަށް ކުރިމަތިލާނެ ދާއިރާތަކާއި ގުޅޭގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެދުގައިވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދި ކޯލިޝަން ރޫޅިގެންދާ ހިސާބަށް ގޮސްފައެވެ. އަދި ކޯލިޝަންގެ އެއްބަްވުމެއް އޮތްތޯ ސުވާލު ކުރައްވާ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް ބޭނުންވާ ކޮންމެ ފަރާތަކާއެކުވެސް މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތްކަމަށް ޤާސިމް އިބްރާހިމް ވަނީ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައެވެ.
"ވާހަކަ ދައްކަން އައިސްފިނަމަ އަޅުގަނޑުމެން މިތިބީ ތައްޔާރަށް، ވަރަށް ސާފުކޮށް މިދަނީ ކޮންމެ މީހަކާ އެކުގައި ވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތީ، ގާނޫނު ހުއްދަ ކުރާ ބައެއް ނަމަ މަޖިލިސްއަށް އެކުގައި ކުރިމަތިިލައިގެން އެކުވެރިކަމާއެކު މަސައްކަތް ކުރުމުގެ މާހައުލެއް ހޯދަން ތައްޔާރަށް މިއޮތީ،" ގާސިމް ވިދާޅުވިއެވެ.
ޤާސިމް މިހެން ވިދާޅުވެފައިވާއިރު ރައީސް ޔާމީން އިސްވެހުންނަވާ އުފައްދަން މަސައްކަތްކުރައްވާ ޕާޓީ ޕީއެންސީން ވަނީ ޖުމްހޫރީ ޕާޓީ އާއެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ޤާސިމަށް ތަޢުރީފު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވެސް ވަނީ ގާސިމާއި އެކު މަސައްކަތް ކުރެވިދާނެ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.
ޤާސިމް ވިދާޅުވެފައި ވަނީ އަނެއްކާވެސް އެމްޑީޕީ ޖުމްހޫރީ ޕާޓީ މަގުމަތިކޮށްފި ކަމަށާއި އެމްޑީޕީ އިން ހެދި އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީ އަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފަހަކަށް ފާޑު ވިދާޅުވަމުންނެވެ.
އަދި ޔާމީނާއި މަޝްވަރާއެއް ނުކުރަން، ނަމަވެސް މަޝްވަރާއަށް ތައްޔާރު – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ