ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރުނާއި ގާސިމް އިބްރާހިމް ބައްދަލު ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމުގައި އެމްޑީއޭގެ މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަށްފަހު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމް އަކީ އަޑު އައްސަވާ އަދި އަވަސް ހައްލު ހޯއްދަވައިދެއްވުމުގައި ލާމަސީލު މިސާލެއް ކަމަށެވެ.
ގާސިމް އިދިކޮޅު ޕާލަމެންޓަރީ ގުރޫއްޕާއި ބައްދަލު ކުރައްވާފައި މިވަނީ ސަރުކާރު ކޯލިޝަން ތެރޭގައި ބޮޑެތި ނުތަނަވަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ކޯލިޝަން ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދިފައި ވަނީ ކޯލިޝަނުން އެއްކޮސް މަޖިލީހަށް ނިކލުތުމާމެދު އުފެދުނު ދެބަސްވުމެއްގައެވެ. އެ މައްސަލަ ހައްލުި ނުކުރެވި އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޖޭޕީންވެސް އަންނަނީ ހުރިހާ ގޮނޑިއަކަށް ވާދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
އިދިކޮޅު މަޖިލިސް މެމްބަރުނާއި ގާސިމް ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ