ރ.ވާދޫގައި ޤާއިމްކޮށްފައިވާ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން އިސްނަގައިގެން ވާދޫ ސްކޫލުގެ ބެލެނިވެރިންނާއި އެރަށު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޖުލައި މަހުގެ 15 ވަނަ ދުވަހު ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކުގެ ތެރެއިން ފުލުހުން ވަނީ ވާދޫގެ ގޭބިސީތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން ފުލުހުން ވަނީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯދައި ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތުދީ ފުލުހުންނާ ގުޅޭނެ ފޯނު ނަމްބަރު ދީފައެވެ.ވާދޫ ސުކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގައި ޕްރޮގްރާމުގައި ވަނީ ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައި އިސްކަންދޭންޖެހޭ ކަންކަމާއި ދަރިން ތަރުބިއްޔަތު ކުރުމުގެ މައިންބަފައިންނަށް ބައެއް ފަހަރު ހެދޭ ގޯސްތަކާއި ކުރެވިފައި ހުންނަ ކަންކަމުގެ ސަބަބުން ނިކުންނަ ނަތީޖާތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން މި ޕްރޮގްރާމުގެ ތެރެއިން ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ބެހޭގޮތުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކާއި ބެހޭގޮތުންނާއި އެފަދަ ކަމެއް ފާހަގަކުރެއްވިއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކާއި ބެލެނިވެރިންނާއި ދަރިވަރުންނާ އޮންނަ ގުޅުން ހަރުދަނާކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްތަކުގައި މަޢުލޫމާތު ދެނީ ވާދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންއެވެ.
ވާދޫ ސްކޫލުގެ ބެލެނިވެރިންނާއި ރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ