މީރާގެ މުވައްޒަފުން ކަމަށް ބުނެ ފިހާރަތަކަށް ވަދެ މައުލޫމާތު ހޯދާ މައްސަލަ ފެންމަތިވެއްޖެ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންގެ ނަމުގައި ވިޔަފާރިކުރާ ތަންތަނަށް ބަޔަކު ވަދެ މައުލޫމާތު ހޯދަމުންދާތީ އެކަމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި އެވެ.
މީރާ އިން ބުނީ އެތަނުގެ މުވައްޒަފުން ކަމަށް ބުނެ ވިޔަފާރި ކުރާ ތަންތަނަށް ވަދެ އެ ބަޔަކު ބޭނުންވާ ވަކި ކަހަލަ މައުލޫމާތު ތަކެއް ހޯދުމުގެ މަސައްކަތް ކުރާ ކަމުގެ ޝަކުވާ މީރާއަށް ޓެކްސް ދާ ފަރާތްތަކުން ހުށަަހަޅަމުންދާ ކަަމަށެވެ.
މީރާއިން ބުނީ އެތަނުގެ އެއްވެސް މުވައްޒަފަކު ރަސްމީ މަސައްކަތުގައި ވިޔަފާރިކުރާ ތަނަކަށް ވަދެއްޖެނަމަ އެ މީހުންނަކީ މީރާގެ ބައެއް ކަން އަންގައިދިނުނމަށް ފާހެއް ދައްކާނެ ކަަމަށެވެ.
މީރާއިން ބުނީ އެތަނުގެ މުވައްޒަފުންގެ ގޮތުގައި ވިޔަފާރިކުރާ ތަންތަނަށް ވަދެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާ އެއްވެސް ފަރާތަކާއި މެދު ސުވާލު އުފެދޭނަމަ އެ މައުލޫމާތެއް ލަސްނުކޮށް މީރާއާ ހިއްސާކުރުމަށް އެދޭ ކަަމަށެވެ.
މީރާގެ މުވައްޒަފުންގެ ނަމުގައި ވިޔަފާރި ކުރާ ތަންތަނަށް ބަޔަކު ވަންނަ މައްސަލަ ފެންމަތިވެފައިވާއިރު މީރާގެ މުވައްޒަފުން ގެންދަނީ ދޭތެރެ ދޭތެރެއިން ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަން ހިންގަމުން ދަނީ ގާނޫނާ އެއްގޮތަށްތޯ ބަލާ ޗެކް ކުރަމުންނެވެ. އެއީ މީރާއަށް ލިބިފައިވާ ގާނޫނީ ބާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ