އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތައް ރައީސް މައުމޫން މިހާރު ދައްކަވަމުން ގެންދަވާތީ އުފާކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ވިދާޅުވެފައެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ތެރޭގައި ހަމަނުޖެހުން އުފެދި ޕާޓީ ދެބައިވި ވަގުތު ރައްޔިތުން ހަނާވާ ވާހަކަ އެބޭފުޅުން ދެއްކެވީތީ މިހާރު އުފާވާ ކަމަށެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ ރައީސް މައުމޫނު މިހާރު އިދިކޮޅު އިއްތިހާދާއެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް މައުމޫނަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި ރައީސް މައުމޫންގެ ފެކްޝަންގެ ނާއިބު ރައީސް މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)މެންފަދަ ބޭފުޅުން ސަރުކާރުން ކަންތައްތައް ކުރަނީ ގޯސްކޮށްކަމަށް ވިދާޅުވުމުން އުފާކުރައްވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބޭ އިނާޔަތްތައްވެސް ނުލިބޭކަމަށް ރައީސް މައުމޫނަށް ތާއީދު ކުރައްވާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވާތީ ވެސް ވަރަށް އުފާކުރައްވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ދައްކަމުންދިޔަ ވާހަކަތައް މައުމޫން މިހާރު ދައްކަވަމުން ގެންދަވާތީ އުފާކުރަން: ރޮޒެއިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ