ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް މިހާރު ހުށަހަޅާފައިވާ ކެނޑިޑޭޓުންނާމެދު ގޮތެއް ނިންމާނީ ހައިކޯޓުން ނިންމާ ގޮތަކުން ކަމަށް އިލެކްޝަންސް ކޮމިޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކޯޓަށް ހުށަހަޅަނީ އިންތިޚާބު ފަސްކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ގާނޫނީގޮތުން ދެން ކަންކުރަންވީ ގޮތްތައް ހޯދުމަށް ކަމަށެވެ. އެގޮތުން މިހާރު އިންތިޚާބުގައި ވާދަ ކުރުމަށް ހުށަހަޅާފައިވާ ކެނޑިޑޭޓުންނާމެދު ކަންކުރާނީ ކިހިނެއްތޯއާއި އިތުރަށް އެފުރުސަތު ހުޅުވާލާނީތޯ އެނގިގެން ދާނީ ކޯޓުން ނިންމާ ނިންމުމަކުން ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނީތޯ ނުވަތަ ނޫންތޯވެސް އެނގިގެން ދާނީ ކޯޓުން އެމައްސަލައާމެދު ގޮތެއް ނިންމުމުން ކަމަށެވެ.
އަކްރަމް ވިދާޅުވީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފްގެ މައްސަލަ މިހާރު ނަގާފައިވާ ކަމަށާއި އިންތިޚާބުގެ ކަންކަން ގެންދަންވީ ގޮތަކާމެދު ލަފައެއް ހޯދަން ހުށަހަޅާ މައްސަލަ މިފެށުނު ހަފްތާގެ ތެރޭގައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ޖެނުއަރީ 26 ގެ ކުރިން ބާއްވަން ޖެހޭ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފައިވަނީ ވެރިކަން ކުރާ ޕީޕީއެމަށް ތައްޔާރު ނުވެވޭކަމަށް ބުނެ އިންތިޚާބު ފަސްކުރުމަށް ސިވިލްކޯޓަށް ހުށަހެޅުމުން އިންތިޚާބު ފަސްކުރުމަށް އެކޯޓުން ނިންމުމާ ގުޅިގެންނެވެ.
އެންމެ ފަހުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާމެދު ގޮތެއް ނިންމާނީ ކޯޓުން ގޮތެއް ނިންމުމުން: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ